twitterviber whatsapp telegramfacebookyoutube instagram
28th March 2024

ކުޅުދުއްފުށީ މަގުހެދުމުގެ މަސައްކަތް ކުއްލިއަކަށް މަޑުޖެހިއްޖެ

Oct 24, 2017

ބާރު ސްޕީޑުގައި ކުރަމުންދިޔަ ކުޅުދުއްފުށީ މަގު ހެދުމުގެ އަމަލީ މަސައްކަތް ކުއްލިއަކަށް މެދުކެނޑިއްޖެ އެވެ. ތާރުއަޅައިގެން ޒަމާނީ ފެންވަރަކަށް މަގު ހެދުމުގެ މަސައްކަތް އަލުން ފަށައިގެން ކުރިއަށްދާން ފަށާފައިވަނީ މިއަހަރު މެދެއްހާ ހިސާބުގަ އެވެ.

އޭގެ ފަހުން މަސައްކަތް ވަރަށް ހަލުވިކޮށް ކުރިއަށްގޮސް މިހާރުވަނީ އަނެއްކާވެސް މަގުހެދުމުގެ މަސައްކަތް މެދުކެނޑިފައި އެވެ. މަސައްކަތް މެދުކެނޑިފައިވާއިރު ހަތަރު މަގެއްގައި ތާރުއަޅައި ވަނީ ނިންމާލާފަ އެވެ. އަދި ނިކަގަސްމަގުގެ ބޮޑުބައެއްގައިވެސް ވަނީ ތާރުއަޅާފަ އެވެ.

ކުޅުދުއްފުށީ ކައުންސިލުގެ ރައީސް އަބުދުލް ލަތީފު ވިދާޅުވީ މައުލޫމާތު ލިބިފައިވާގޮތުގައި މަގު ހެދުމުގެ މަސައްކަތް ހުއްޓިފައި އޮންނަތާ ދެ ހަފްތާއެއް ވަރުވެދާނެ ކަމަށެވެ. އެހެންވީމަ މަސައްކަތް އަވަސްކޮށް ދިނުމަށާއި ހުއްޓިފައިވާ ސަބަބު ހޯދުމަށް ހައުންސިންގ މިނިސްޓްރީގައި އެދިފައިވާނޭކަމަށް ލަތީފު ވިދާޅުވި އެވެ.

ބައެއް މަގުތަކުގައި ފަށާފައިވީނަމަވެސް މަގުގެ ޕޭމަންޓުން ހިނގޭނެގޮތެއްނެތުމުން ގިނަ ބަޔަކު ދަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ.

މިކަމާ ގުޅިގެން އެމްއާރުޑީސީގެ އޮފިޝަލަކު ކޭއޯއަށް މިއަދު ވިދާޅުވީ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް މަޑުޖެހުނީ ޓެނިކަލް މައްސަލައެއް ދިމާވެގެން ކަމަށާއި ދެ ދުވަހެއްގެ ތެރޭގައި އަލުން ފެށޭނެ ކަމަށެވެ. ނަމަވެސް މަގުގެ އެހެނިހެން މަސައްކަތްތަށްވެސް މިއަދު ކުރިއަށްގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މަގު ހަދަމުންދާއިރު އެފަދަ މައްސަލަތަށް ދިމާވާނެ ކަމަށާއި އެކަމަށްޓަކާ ރައްޔިތުންގެ ފަރާތުން މާފަށް އެދިލައްވާ ކަމަށާއި ކުޅުދުއްފުއްޓަކީ އެމްއާރުޑީސީ ވަރަށް ހާއްސަ ސަމާލުކަމެއްދޭ ރަށެއް ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355