twitterviber whatsapp telegramfacebookyoutube instagram
15th September 2025

މަހާޖައްރާފު ކުޅުދުއްފުށީގައި ބަނދަރުކޮށްފި

Oct 25, 2017

ބަނދަރު ހެދުމާއި ބިން ހިއްކުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ބަނދެފައިވާ ޑްރެޖަރ “މަހާ ޖައްރާފު” ކުޅުދުއްފުށީގައި ބަނދަރުކޮށްފި އެވެ. މަހާ ޖައްރާފު ބަނދަރު ޖަހައިފައިވަނީ ރަށުގެ އިރުމަތި ފަރާތުގަ އެވެ.

މިބޯޓުގެ ފުރަތަމަ މަސައްކަތްތަށް ވަނީ ކުޅުދުއްފުށީ އެއާޕޯޓް އަޅަން ނިންމާފައިވާ ބިން ހިއްކުމެވެ.

އެމްޓީސީސީ އިން 36 މިލިއަން ޑޮލަރު ހަރަދުކޮށްގެން ހަދާފައިވަ ޑްރެޖަރު ބަނދެފައި ވަނީ އައިއެޗްސީއާ ހަވާލުކޮށްގެން ޗައިނާގެ ނަންޓޮން ރެއިންބޯ މެރިން ޓެކްނޮލޮޖީ ބޯޓު ޔާޑުގަ އެވެ.

ޖެނުއަރީ މަހުގެ ތެރޭގައި މޫދަށް ބާލާފައިވާ މި ކޮންނަ ބޯޓުގެ ދިނުމުގައި 92.95 މީޓަރު އަދި ފުޅާމީނުގައި 16.30 މީޓަރު ހުރެ އެވެ. އަދި 50 މީޓަރުގެ އަޑިން ވެލި ނެގުމުގެ ގާބިލްކަން ލިބިފައިވާއިރު ބޯޓަށް އެއްފަހަރާ 3700 ކިއުބިކް މީޓަރުގެ ވެލި ބަރު ކުރެވެ އެވެ.

މަހާޖައްރާފުގެ ފޮޓޯ ގެލެރީ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355