twitterviber whatsapp telegramfacebookyoutube instagram
19th March 2024

ކުލަބު ތިލަދުންމައްޗަށް ފަސޭހަ ފެށުމެއް

Oct 25, 2017

ހދ އަތޮޅު ފުޓްބޯޅަ މުބާރާތް 2017 ގައި މިއަދު ނޮޅިވަރަންގެ ކުލަބު ތިލަދުންމަތި ޓީމް ކުރިނބީއާ ދެކޮޅަށް ކުޅުނު މެޗު ފަސޭހަ ކަމާއެކު ކާމިޔާބު ކޮށްފި އެވެ.

ގުރޫޕް ސީ ގެ ދެވަނަ މެޗު ތިލަދުންމަތިން ކާމިޔާބު ކުރީ 3-1 އިންނެވެ. މިއަދުގެ މެޗުގެ ފުރަތަމަ ހާފު މުޅިންހެން ކޮންޓްރޯލް ކޮށްފައިވަނީ ތިލަދުންމަތިންނެވެ. އެގޮތުން ކުރިނބީގެ ގޯލަށް ގިނަ ހަމަލާތަކެއް ވަނީ ފޮނުވާލާފަ އެވެ.

މިއަދުގެ މެޗުގައި ތިލަދުންމަތިން ލީޑު ނެގީ ކުރިނބީގެ ކީޕަރު ދިފާއުކޮށްފަ ނުކުތް ބޯޅައެއް ކުރިނބީގެ ޑިފެންޑަރެއް ސާފުކޮށްލަން އުޅުމުގެ ތެރޭގައި ހެދުނު ގޯހެއްގެ ފައިދާ ނަގައި ތިލަދުންމަތީގެ އަބްދުއްރަހީމް އަބޫބަކުރު (އައްދު) ކާމިޔާބުކޮށްދިން ލަނޑުންނެވެ. މި ލަނޑު މެޗުގެ  38 ވަނަ މިނެޓްގައި ޖެހިއިރު އޭގެ ކުޑައިރުކޮޅެއް ފަހުން ތިލަދުންމަތީގެ މާއްދު އަދުނާން ވަނީ ހަމްޒާ އަބޫބަކުރު (ދަގޭ) ނަގައިދިން ކޯނަރަކުން ބޮލުން ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފަ އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން އައްދު ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު 3-0 އަށް ބަދަލުކޮށްލާފަ އެވެ.

ދެވަނަ ހާފު ފަށައިގެންވެސް ތިލަދުންމަތިން ރަގަޅަށް ކުޅުނު ނަމަވެސް އިތުރު ލަނޑެއް ޖެހޭ ގޮތް ވަނީ ނުވެފަ އެވެ. އަދި ދެވަނަ ހާފު ގެ ފަހުކޮޅު ކުރިނބީގެ ހުނަރުވެރި ފޯވާޑް މުހައްމަދު އަނާން ވަނީ ދެ ކުޅުންތެރިން ކައިރިން ނެއްޓުމަށްފަހު ލަނޑެއް ޖަހައި ނަތީޖާ 3-1 އަށް ބަދަލުކޮށްލާފަ އެވެ.

މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ތިލަދުންމަތި ޓީމަށް ދެ ލަނޑު ޖަހައިދިން އައްދު އެވެ.

ޓީމް ކުރިނބީ ކުޅުނު ދެ މެޗުންވެސް ބަލިވެފައިވާއިރު މި ގުރޫޕްގެ ފަހު މެޗުގައި ބައްދަލުކުރާނީ ކުލަބު ކޮރަލްސް އަދި ކުލަބު ތިލަދުންމަތި އެވެ.

މާދަމާ މި މުބާރާތުގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ހިރިމަރަދޫ އަދި ނައިވާދޫ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355