twitterviber whatsapp telegramfacebookyoutube instagram
25th May 2025

ކުޅުދުއްފުށީ ކުޅިން ހިއްކަން ހަމަޖެހިފައިވަނީ 9 ހެކްޓަރު: ޒިޔަތު

Oct 26, 2017

ކުޅުދުއްފުށީގައި އެއާޕޯޓް އެޅުމަށް ބޭނުންވާ ސަރަހައްދުން މުދާއެކު ޖުމްލަ ހިއްކަން ހަމަޖެހިފައިވަނީ 15 ހެކްޓަރު ބިންކަމަށް އެމްޓީސީސީން ބުނެފި އެވެ.

މިމަޝްރޫއުގެ އަމަލީ މަސައްކަތް ފަށަން ހަމަޖެހިފައިވަނީ ނޮވެމްބަރުމަހު 12 ގައި ކުޅުދުއްފުށީގައި ބާއްވާ ބޮޑު ރަސްމިއްޔާތަކަށް ފަހު އެވެ.

އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އިބުރާހިމް ޒިޔަތު ކޭއޯއަށް ދެއްވި އިންޓަވިއުގެ ވިދާޅުވީ މި މަޝްރޫއުގެ ދަށުން މިހާރުވެސް މަސައްކަތްތަކެއް ކުރިއަށްދާ ކަމަށެވެ. އެގޮތުން އެމަޝްރޫއުއާއެކު ކުރިއަށްގެންދާ ގޮނޑުދޮށް ހިމާޔާތްކުރުމުގެ މަސައްކަތްތަށް ބޭނުންވާ މެޝިނަރީތައް ކުޅުދުއްފުއްޓަށް ގެނެވިފައިވާ ކަމަށެވެ.

އެމްޓިސީސީގެ މެނޭޖިން ޑިރެކްޓަރު ޒިޔަތު ކޭއޯއަށް އިންޓަވިއުދެއްވަނީ–

ކުޅުދުއްފުށީގައި ހުންނަވައިގެން ދެއްވި އިންޓަވިއުގައި ޒިޔަތު ވިދާޅުވީ ރަންވޭ ހެދުމަށް ޖުމްލަ 15 ހެކްޓަރުގެ ބިން ހިއްކާނެ ކަމަށާއި އެއީ ކުޅިން 9 ހެކްޓަރު ބިމާއި މޫދުން 6 ހެކްޓަރުގެ ބިން ކަމަށެވެ. ކުޅި ހިއްކުމަށް ހަމަޖެހިފައިވަނީ އެތަނުގެ ހުރި ޗަކަތަށް ނަގައި އެެހެން ތަނަކަށް އަަޅައިގެން ނެވެ. އެހެންކަމުން ކުޅީގެ 71 އިންސަތަ ޗަކަ ނަގާނެ ކަމަށް ޒިޔަތު ވިދާޅުވި އެވެ. ކުޅިގައި އޮންނަ “ބޮޑު ކުޅި” ކިޔާ ސަރަހައްދު ނުހިއްކާނެ ކަމަށެވެ.

ކުޅި ހިއްކުމަށް ބޭނުންވާ ވެލި ނަގާނެ ރަނގަޅު ދެ ސަރަހައްދެއް އަތޮޅުން ފެނިފައިރު މިހާރު ކުރަމުންދަނީ އެސަރަހައްދުގައި ހުރި ވެލި ޓެސްޓްކުރުމުގެ މަސައްކަތެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355