twitterviber whatsapp telegramfacebookyoutube instagram
28th March 2024

ކުޅިން ގަސް ކެނޑުމަށް ހުއްދަ ދިނުމަށްފަހު ކުއްލިއަކަށް އިއުލާން ބާތިލްކޮށްފި

Oct 26, 2017

ކުޅުދުއްފުށީ ކުޅި ހިއްކާ ސަރަހައްދުގައި ހުރި ގަސްތައް ކެނޑުމަށް ކައުންސިލުން ހުއްދަ ދިނުމަށްފަހު ކުއްލިއަކަށް އިއުލާން ބާތިލް ކޮށްފި އެވެ.

މިއަދު އެކައުންސިލުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ކުޅުދުއްފުށީގައި އެއާޕޯޓު އެޅުމަށްޓަކައި ކުޅި ސަރަހައްދު ހިއްކުމުގެ ކުރިން އެސަރަހައްދުގައި ހެދިފައިވާ ބުރެވި، ކުރެދި، ތަކަފަތި އަދި މަގޫފަދަ ގަސްތައް ކެނޑުމުގެ ހުއްދަ އެދި ކައުންސިލަށް އެކިފަރާތަކުން ހުށައަޅަމުން ދާތީ ކުޅި ސަރަހައްދުގައި ހިމެނޭ  މީހުންގެ ގަސްތައް ފިޔަވާ އެހެނިހެން ތަކެތި ކަނޑައިގެން ގެންދިއުމުގެ ހުއްދަ ކައުންސިލުން ދޭ ކަމަށެވެ. ނަމަވެސް އެއިއުލާން މިހާރު ވަނީ ބާތިލްކޮށްފަ އެވެ.

ކައުންސިލްގެ ރައީސް އަބްދުއްލަތީފް ކޭއޯއަށް ވިދާޅުވީ އިއުލާނު ބާތިލް ކުރީ ލިއުމުގައިވާ ފުށުއެރުމެއް ސަބަބުން ކަމަށާއި މިހާރު އިންނާއި އެ އިއުލާން ބާތިލް ކޮށްފައި ކަމަށެވެ. އަދި ފަހުގެ ތާރީހެއްގައި މިކަމަށް އަލުން އިއުލާން ކުރެވޭނެ ކަމަށްވެސް ލަތީފް ވިދާޅުވި އެެވެ.

ކުޅިން ހިއްކުމަށް ހަމަޖެހިފައިވާ ވަކި ސަރަހައްދެން ކަމުން މިއަދު ނެރުނު އިއުލާނުން ގަސް ކެނޑުމުގެ ހުއްދަ ދޭނީ ހިއްކާ ސަރަހައްދުން ކަމެއް ނުވަތަ މުޅި ކުޅި ހިމެނޭ ސަރަހައްދުންކަމެއް ސާފެއްނުވެއެވެ.

ކުޅުދުއްފުށީގައި ހުންނަވައިގެން ކޭއޯއަށް ދެއްވި އިންޓަވިއުގައި އެމްޓީސީސީގެ އެމްޑީ ވިދާޅުވީ  ރަންވޭ ހެދުމަށް ޖުމްލަ 15 ހެކްޓަރުގެ ބިން ހިއްކާނެ ކަމަށާއި އެއީ ކުޅިން 9 ހެކްޓަރު ބިމާއި މޫދުން 6 ހެކްޓަރުގެ ބިން ކަމަށެވެ. ކުޅި ހިއްކުމަށް ހަމަޖެހިފައިވަނީ އެތަނުގެ ހުރި ޗަކަތަށް ނަގައި އެެހެން ތަނަކަށް އަަޅައިގެން ނެވެ. އެހެންކަމުން ކުޅީގެ 71 އިންސަތަ ޗަކަ ނަގާނެ ކަމަށް ޒިޔަތު ވިދާޅުވި އެވެ. ކުޅިގައި އޮންނަ “ބޮޑު ކުޅި” ކިޔާ ސަރަހައްދު ނުހިއްކާނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355