twitterviber whatsapp telegramfacebookyoutube instagram
28th March 2024

ކުޅުދުއްފުށީގައި އެއާޕޯޓް އެޅުމުން މުޅި ބޮޑުތިލަދުންމައްޗަށް ފައިދާކުރާނެ: ކުރިނބީ ކައުންސިލް

Oct 26, 2017

ކުޅުދުއްފުށީގައި އެއާޕޯޓެއް އެޅުމަށް ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީން ކުރައްވަމުންގެންދަވާ މަސައްކަތްތަށް ތާއިދުކޮށް ހދ ކުރިނބީ ކައުންސިލުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ކުޅުދުއްފުށީގައި އެއާޕޯޓް އެޅުމުން އެކަމުގެ ފައިދާ މުޅި ބޮޑުތިލަދުންމަތީގެ ހުރިހާ ރައްޔިތުންނަށް ކުރާނެ ކަމަށެވެ.

ތިން ކައުންސިލަރުން ތިއްބަވާ ކުރިނބީ ކައުންސިލުން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ މުޅި ބޮޑުތިލަދުންމަތީގެ ހުރިހާ ރަށެއް ފެރީ ނިޒާމަކުން ގުޅުވާލެވިފައިވާ ކުޅުދުއްފުއްޓަކީ ބޮޑުތިލަދުންމަތީގެ އިޤްތިސާދީ މައި ހަބަށްވެފައިވާ އެރަށުގެ ހޮސްޕިޓާ ޓާޝަރީ ފެންވަރަށް ތަރައްގީކުރަމުން އަންނަ ހޮސްޕިޓަލަކަށް ވުމާއެކު، ކުޅުދުއްފުށީގައި އެއާޕޯޓެއް އެޅުމަކީ އޭގެ ފައިދާ މުޅި ބޮޑުތިލަދުންމަތީގެ އެންމެހާ ރައްޔިތުންނަށް ކުރާނެ ކަމަށެވެ.

” ކުޅުދުއްފުށީގައި އެއާޕޯޓެއް އެޅުމަކީ ހަމަ އެކަނި ކުޅުދުއްފުށި ރައްޔިތުންނަށް ވާފައިދާއަށްވުރެ  ބޮޑަށް މުޅި ބޮޑުތިލަދުންމަތީގެ އެންމެހާ ރައްޔިތުންނަށް އެތައްގޮތަކުން ފައިދާ ކުރާނެ މަޝްރޫއުއެކެވެ. އަދި ހަމައެއާއެކު ވަޒީފާގެ ފުރުސަތު ހަނި މިއަތޮޅުގެ އެތައް ޒުވާނުންނަކަށް ވަޒީފާގެ ފަހި ފުރުސަތު ތަކެއް ތަނަވަސް ވެގެން ދާނެ ކަމަކަށެވެ.” ތިން ކައުންސިލަރުން ސޮއިކުރައްވާ ނެރުނު ބަޔާނުގަވެ އެވެ.

ކުރިނބީ ކައުންސިލާ، ކުރިނބީ ރައްޔިތުން އަދި ޖުމްލަގޮތެއްގައި ބޮޑުތިލަދުންމަތީގެ އެންމެހާ ރައްޔިތުން ކުޅުދުއްފުށީގައި އެއާޕޯޓެއް އަޅުއްވަން މަސައްކަތް ކުރައްވާތީ އެކަމާ އުފާކޮށް ދިވެހި ސަރުކާރަށާ ،ރައީސް އަބުދުﷲ ޔާމިން އަބުދުލްޤައްޔޫމަށް އިހުލާސްތެރިކަމާއެކު ޝުކުރު ދަންނަވާކަމަށް އެބަޔާނުގަވެ އެވެ.

ބަ ބޮޑުތިލަދުންމައްޗަށް ނިސްބަތްވާ އެންމެހާ މަޖިލީސް މެންބަރުން ސަރުކާރާގުޅިގެން ބޮޑުތިލަދުންމަތީގެ ތަރައްޤީއަށް މަސައްކަތް ކޮއްދެއްވުމަށް ބަޔާން ނިންމާލަމުން އިލްތިމާސް ކޮށްފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355