twitterviber whatsapp telegramfacebookyoutube instagram
15th August 2026

އުރީދޫއިން އަގޯޑާއާއެކު ޕާޓްނަރޝިޕް ގާއިމްކޮށްފި

Oct 28, 2017

އުރީދޫގެ ކްލަބް ޕްރިމިއަރ މެމްބަރުންނަށް ހާއްސަ އިނާޔަތްތައް ލިބިދިނުމަށް އަގޯޑާއާއި އުރީދޫއިން ޕާރޓްނަރޝިޕް ގާއިމްކޮށްފި އެވެ.

ދުނިޔޭގެ މަޝްހޫރު ޓްރެވަލް ކުންފުނި އަގޯޑާއާއި އުރީދޫއިން ބައިވެރިވެ، އުރީދޫ ކްލަބް ޕްރިމިއަރ މެމްބަރުންނަށް ހާއްސަ އިނާޔަތްތައް ފޯރުކޮށްދިނުމަށް އިއްޔެ މި ދެކުންފުނިން ޕާޓްނަރޝިޕް ގާއިމްކޮށްފައިވާއިރު މިކަން އިއުލާނުކުރެވިގެން ދިޔައީ އައްޑޫސިޓީގެ އީކުއޭޓަރ ވިލެޖްގައި ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް 2017ގެ ބައިވެރިންނަށް ބޭއްވުނު ހާއްސަ ހަފްލާއެއްގައެވެ.

އުރީދޫ ކްލަބް ޕްރިމިއަރ ޕްރޮގްރާމް ފެށުނުފަހުން އުރީދޫއިން އެޕްރޮގްރާމް އިތުރަށް ފުޅާކޮށް ކަސްޓަމަރުންނަށް އިތުރު ފައިދާތަކާއި މަންފާތައް ލިބެނިވިގޮތަށް ހިދުމަތް ބައްޓަން ކުރަމުން ދާއިރު ދާދިފަހުން ހުޅުވުނު ކްލަބް ޕްރިމިއަރ ކަސްޓަމަރުންނަށް ހާއްސަ ލައުންޖެއްވެސް އުރީދޫއިން ވަނީ ހުޅުވާފައެވެ.

މި ހަފްލާގައި ވާހަކަ ދައްކަވަމުން އުރީދޫ މޯލްޑިވްސްގެ ސީއީއޯ ނަޖީބްޚާން ވިދާޅުވީ އުރީދޫއިން އަބަދުވެސް މަސައްކަތް ކުރަނީ ކްލަބް ޕްރިމިއަރ މެމްބަރުންނަށް އެންމެ ފުރިހަމަ ހިިދުމަތް ފޯރުކޮށްދީ އިތުރު ފައިދާތަކާއި މަންފާތައް ތަޖުރިބާކުރުމަށް މަގުފަހިކޮށްދިނުމަށް ކަމަށާއި އަދި ކުރިމަގުގައިވެސް އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ފައިދާކުރަނިވި ހިިދުމަތްތަކާއި ތަޖުރިބާތައް ފޯރުކޮށްދިނުމުގައި ދެމިތިބޭނެކަމުގެ ޔަޤީންކަން އަރުވާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355