twitterviber whatsapp telegramfacebookyoutube instagram
18th April 2026

ކުޅި ހިއްކައިގެން އެއާޕޯޓް އަޅަން ރައީސް މައުމޫނުވެސް ދެކޮޅު

Oct 28, 2017

ކުޅުދުއްފުށީ ކުޅި ހިއްކައިގެން އެއާޕޯޓް އަޅަން ހަމަޖެހިފައިވާތީ ކުރީގެ ރައީސް އަލްއުސްތާޒް މައުމޫނު އަބުދުލް ގައްޔޫމު ކަންބޮޑުވެވަޑައިގެންފި އެވެ.

ކުޅުދުއްފުށީ ކުޅީގެ ފޮޓޯއަކާއެކު ރައީސް މައުމޫނު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ތިމާވެށި ލިބިފައިވަނީ ހަލާކު ކުރުމަށް ނޫން ކަމަށާއި އަންނަ އޮތް ޖީލުތަކަށް ފޯރުކޮށް ދިނުމަށް ކަމަށެވެ.

Our environment is not ours to destroy, but to preserve it for coming generations. #saveKulhudhuffushiKulhi pic.twitter.com/VExQ21bvrO

— Maumoon Abdul Gayoom (@maumoonagayoom) October 28, 2017

ކުޅުދުއްފުށީ ކުޅި ހިއްކައިގެން އެއާޕޯޓެއް ތަރައްގީކުރުމަށް ހަމަޖެހިފައިވާތީ ތިމާވެއްޓަށް ލޯބިކުރާ ފަރާތްތަކާއި އިދިކޮޅު ބޭފުޅުން އަންނަނީ ކަންޑުވުންފާޅުކުރައްވައި އެކަމާ ދެކޮޅު ހައްދަވަމުން އެވެ.

ނަމަވެސް ކުޅުދުއްފުށީގައި ދިރިއުޅޭ ގިނަ ރައްޔިތުން ބޭނުންވަނީ އެއާޕޯޓެއް ހެދެން އޮތްތާކު ހަދަން ށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355