twitterviber whatsapp telegramfacebookyoutube instagram
22nd July 2025

ކުޅުދުއްފުށީގައި ގާއިމުކުރާ ބޮޓްލިންގ ޕްލާންޓުން އަންނަ އަހަރު ފެން އުފަންދަން ފަށާނެ

Oct 29, 2017

ކުޅުދުއްފުށީގައި ގާއިމުކުރާ ބޮޓްލިންގ ޕްލާންޓްގެ އިމާރާތް އަހަރު ނިންމާ ދެވަނަ ކުއާޓާރގެ ތެރޭގައި އެ ބޮޓްލިންގ ޕްލާންޓްއިން ފެން އުފައްދަން ފެށޭނެކަމަށް އައިލެންޑް ބެވަރޭޖަސް މޯލްޑިވްސް ހާމަކޮށްފި އެވެ.

ބޮޓްލިން ޕްލާންޓް ބެހެއްޓުމަށްޓަކާ ހަދައި އިމާރާތުގެ މަސައްކަތް ފެށިގެން ހަލުވިކަމާއެކު ދަނީ ކުރިއަށެވެ. މިއިމާރާތް ހަދަން ދަނީ ކުޅުދުއްފުށީގައި ހުންނަ އެމްޑަބުލިއުއެސްސީ އޮފީސް ގޯތި ތެރޭގަ އެވެ.

އައިލެންޑް ބެވަރެޖަސްއިން ބުނީ ބޮޓްލިންގ ޕްލާންޓް ބަހައްޓާ އިމާރާތުގެ މަސައްކަތް 2018 ވަނަ އަހަރު ފުރަތަމަ ކުއާޓާރ ތެރޭގައި ނިންމާ، ހަމަ އެއަހަރު ދެވަނަ ކުއާޓާރގެ ތެރޭގައި ފެން އުފަންދަން ފަށާނެ ކަމަށެވެ.

މި ބޮޓްލިންގް ޕްލާންޓް އިން އުފައްދާ ފެން ވިއްކަން ހަމަޖެހިފައިވަނީ މާލެ އެކޭ އެއް އަގެއްގައިކަމުން މިހާރު ކުޅުދުއްފުށީ ސަރަހައްދުގެ ފެން ވިއްކާ އަގަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް އެކުންފުނިން މައުލޫމާތުދެ އެވެ.

މި ބޮޓްލިންގ ޕްލާންޓްއިން ހދ. އަތޮޅާއި މިސަރަހައްދުގެ ރައްޔިތުންނަށް ބޭނުންވާ ފުޅީގައި ބަންދުކުރެވޭ ފެން އުފެއްދިގެންދާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355