ކުޅުދުއްފުށީ ކުޅި ހިއްކައިގެން އެއާޕޯޓް އަޅާތީ އެކަން ހުއްޓުވުމަށް ކޯޓް އަމުރަކަށް އެދިއްޖެ އެވެ.
އަމިއްލަ ފަރާތްތަކުން މިއަދު ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި މިމައްސަލަ ކޯޓް ބަލައިގެންފައިވާކަމަށް މައްސަލަ ހުށަހަޅި ފަރާތުން މައުލޫމާތުދެ އެވެ.
” އެއާޕޯޓް އެޅުމަށް ހިމާޔާތްކޮށްފައިވާ ހދ ކުޅުދުއްފުށީ ކުޅި ހިއްކުވުން ހުއްޓުވުމުގެ އަމުރަކަށް އެދި ” ކުޅުދުއްފުށީ ކޯޓަށް އަމިއްލަ ފަރާތްތަކުން ހުށަހެޅި މައްސަލާގައި ބުނެފައިވެ އެވެ.
ކުޅުދުއްފުށީ ކުޅި ހިއްކުމާ ދެކޮޅަށް ތިމާވެއްޓަށް ލޯބިކުރާ ގިނަ ބަޔަކު ދަނީ އަޑުއުފުލައި ކަންބޮޑުވުންފާޅުކުރަމުންނެވެ. އެއާޕޯޓް ހެދުމަށް ކުޅިން ހިއްކަނީ އެއް ބަ އެވެ.