twitterviber whatsapp telegramfacebookyoutube instagram
7th May 2024

ހަނިމާދޫ އެއާޕޯޓުގެ އަހަރީ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފި

Oct 29, 2017

ހދ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ 27 ވަނަ އަހަރީ ދުވަސް ކުލަގަދަކޮށް އިއްޔެ ފާހަގަކޮށްފި އެވެ.

އަހަރީ ދުވަހުގެ ހަރަކާތްތަކުގައި އެއާޕޯޓްގެ މުވައްޒަފުންނާއި މޯލްޑިވިއަން، ސިފައިން، ކަސްޓަމްސް އަދި އިމިގުރޭޝަންގެ އޮފިޝަލުން ވަނީ ބައިވެރިވެފަ އެވެ.

ހަނިމާދޫ އެއާޕޯޓުގެ މެނޭޖަރ އަލީ ވަހީދު ކޭއޯއަށް ވިދާޅުވީ އަހަރީ ދުވަސް ފާހަކަ ކުރުމަށްޓަކާ އިއްޔެއާއި ރޭގައި ގިނަ ހަރަކާތްތަކެއް ހިންގުނު ކަމަށާއި އެގޮތުން ދުވަސް ފެށުމުގެ ގޮތުން ބޭއްވި ޖަލްސާގައި ރީޖަނަލް އެއާޕޯޓްސް ގެ ބޭފުޅުންނާއި ނޮދާރން އޭރިއާގެ ކޮމާންޑަރ މުހައްމަދު ޝާހިދު ބައިވެރިވެ ވަޑައިގެންނެވި ކަމަށެވެ.

މީގެ އިތުރުން އިއްޔެ އެންމެ ގިނަ ޕަސެންޖަރު ދަތުރު ކުރި ދެ ފްލައިޓްގެ ދަތުރުވެރިންނަށާއި އެގަޑީގައި ޓާމިނަލް ސަރަހައްދުގައި ތިބި ފަރާތްތަކަށް ކުރުނބާ ދީފައިވެ އެވެ. ކުޑަކުދިންގެ ހަވީރެއްވެސް ބާއްވާފައިވާފައިވެ އެވެ.

މުވައްޒަފުންނަށް ހާއްސަކޮށްގެން ރޭ ގައި ނައިޓެއް ވެސް ބާއްވާފައިވައިރު ޑިނާރ ނައިޓްގެ ތެރެއިން ސްޓޭޖް ޝޯއެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. މި ޑިނާރ ނައިޓްގައި އެއާޕޯޓްގައި ކުރީގައި މަސައްކަތް ކުރެއްވި މުވައްޒަފުންވެސް ވަނީ ބައިވެރިވެފަ އެވެ.

27 ވަނަ އަހަރީ ދުވަހުގެ މުނާސަބާގައި އެއާޕޯޓްގައި ބެހެއްޓި މޮނިއުމެންޓް–

27 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން ހާއްސަ މޮނިއުމަންޓެއްވެސް ބަހައްޓާފަ އެވެ.މި ހަރަކާތްތަކުގައި އެހީތެރިވެދިން ފަރާތްތަކަށް ވަހީދު ވަނީ ޝުކުރު އަދާކުރެއްވި އެވެ. ހާއްސަ އެމްއެންޑީއެފް ހަނިމާދޫގެ މުވައްޒަފުންނާއި އެމްއާރުޑީސީގެ މުވައްޒަފުންގެ ގެ އެހީތެރިކަން ވަހީދު ފާހަގަ ކުރެއްވި އެވެ.

ހަނިމާދޫ އެއާޕޯޓް ހުޅުވާފައިވަނީ 28 އޮކްޓޯބަރ 1990 ވަނަ އަހަރު އެއިރުގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355