twitterviber whatsapp telegramfacebookyoutube instagram
18th February 2026

ރައީސް ޔާމީނަށް ހޫނު މަރުހަބާ ދެންނެވުމަށް ކުޅުދުއްފުށިން ތައްޔާރުވަނީ

Oct 30, 2017

ކުޅުދުއްފުށީ އެއާޕޯޓް މަޝްރޫއުގެ ބިން ހިއްކުމުގެ ރަސްމިއްޔާތު ފައްޓަވައިދެއްވުމަށް ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަންނަމަހު ކުޅުދުއްފުއްޓަށް ވަޑައިގަތުމަށް ހަމަޖެހިފައިވާތީ އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ކުޅުދުއްފުށީގައި ބޮޑެތި ތައްޔާރީތަކެއް ވަމުން އެބަ ދެއެވެ.

ރައީސްއަށް މަރުހަބާ ދެންނެވުމުގެ ކަންކަމުގައި އިސްކޮށްއުޅޭ އަބްދުއްރަހްމާން ކޭއޯއަށް މައުލޫމާތުދެމުން ބުނިގޮތުގައި އެއާޕޯޓް ޕްރޮޖެކްޓް ރަސްމީކޮށް ފައްޓަވައިދެއްވުމަށް ރައީސް ކުޅުދުއްފުއްޓަށް ވަޑައިގަތުމަށް ހަަމަޖެހިފައިވާތީ އެމަނިކުފާނަން ހޫނު މަރުހަބާ ދެންނެވުމުގެ ގޮތުން ގިނަ ކަންތައްތަކެއް އިންތިޒާމުކުރަމުން އަންނަ ކަމަށެވެ.

އެގޮތުން ރަށުތެރެ ޒީނަތްތެރިކުރުމާއި ސަގާފީ ހަރަކާތްތެއް ކަމަށްވާ “ފަރިއޮޅުލުން” ވެސް ދައްކާލުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސުލް ޖުމްހޫރިއްޔާ ކުޅުދުއްފުއްޓަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ މަހު 12 ވަނަ ދުވަހު އެވެ. އެއާޕޯޓް ޕްރޮޖެކްޓް ފައްޓައްވައިދެއްވުމުގެ ގޮތުން ބާއްވާ ހާއްސަ ޖަލްސާ އޮންނަނީ އެދުވަހުގެ ރޭގަނޑު އަމީނީމަގުގެ އުތުރުކޮޅު ކުޅި ސަރަހައްދުގަ އެވެ.

ރައީސް ޔާމީންގެ ވެރިކަމުގެ ފުރަތަމަ ދެ އަހަރު ތެރޭގައި ކުޅުދުއްފުށީގައި ޑޮމެސްޓިކް އެއާޕޯޓެއް ހަދައި ހިދުމަތް ދޭނެކަމަށް ވައުދުވެފައިވާއިރު މިއީ އެމަނިކުފާނު ވެރިކަމުގައި ކުޅުދުއްފުއްޓަށް ވަޑައިގަންނަވާ ދެވަނަ ފަހަރެވެ. އަދި ރަސްމީ ފުރަތަމަ ދަތުރުފުޅެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355