އިދިކޮޅު ޕާޓީތަކުން ހއ ދިއްދޫގައި ބޮޑު ޖަލްސާއެއް ބޭއްވުމަށް ނިންމާފައިވާ ކަމަށް ޕާޓީތަކުން ބުނެފިއެވެ.
މިރޭ ދިއްދޫގައި ޖަލްސާ ބާއްވަން ތައްޔާރުވަމުންދާއިރު ދިއްދޫ އެމްޑީޕީގެ ގޮފިން ދަނީ ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ. އަދި ހއ އަތޮޅުގެ ބައެއް ރަށްތަކުގައި ޑޯޓުޑޯވެސް މިހާރުދަނީ ބާއްވަމުންނެވެ.
ރައީސް ޔާމީން އަތޮޅުތަކަށް ވަޑައިގަންނަވާއިރު އިދިކޮޅު ފަރާތްތަކުން ޝުއޫރު ފާޅުކުރުމާއި އިހްތިޖާޖު ކުރުމުގެ ގޮތުން ދަމާ ބެނާތަކާއި ބައެއްތަކެތި ސަރުކާރުން އަތުލަމުންދާ ކަމަށްބުނެ އިދިކޮޅު ފަރާތްތަކުން ދަނީ ކަންބޮޑުވުންފާޅުކޮށްފަ އެވެ.