twitterviber whatsapp telegramfacebookyoutube instagram
18th April 2024

ވޯޓާރ ސްޕޯޓް ތަމްރީނަށް ޖަލާލުއްދީންގެ 4 ދަރިވަރުން ސަން އައިލެންޑަށް

Oct 31, 2017

ދަސްވާރު ޕްރޮގްރާމުގެ ދަށުން ޖަލާލުއްދީން ސްކޫލްގެ 4 ދަރިވަރުން ވޯޓާރ ސްޕޯޓް ތަމްރީން ހެދުމަށް އިއްޔެ ސަން އައިލެންޑަށް ގޮސްފި އެވެ.

ކޭއޯއަށް މައުލޫމާތު ދެމުން ޖަލާލުއްދީން ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް އައިމިނަތު މުހައްމަދު ވިދާޅުވީ މި ޕްރޮގްރާމުގައި ބައިވެރިވީ ޖުމްލަ 6 ދަރިވަރުން ކަމަށާއި އަނެއް ދެ ދަރިވަރުން ޓެސްޓް ނިމުމާއިއެކު ޕްރޮގްރާމުގައި ބައިވެރިވުމަށް ސަން އައިލެންޑަށް ދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި ޕްރޮގްރާމަކީ 3 މަސްދުވަހުގެ ޕްރޮގްރާމެއް ކަމަށާއި މިއީ އެޑުކޭޝަން މިނިސްޓްރީއާއި ވިލާ ކޮލެޖް ގުޅިގެން ހިންގާ ޕްރޮގްރާމެއް ކަމަށްވެސް އައިމިނަތު ވިދާޅުވި އެވެ. އެގޮތުން ދަރިވަރުންގެ ހުރިހާ ހަރަދެއް އެޑިއުކޭޝަނުން ކުރާ އިރު ސަން އައިލެންޑުގައި ދަރިވަރުންނާއި ހަވާލުވެ ހުންނާނީ އެޑިއުކޭޝަންގެ އޮފިސަލެކެވެ.

ދަސްވާރު ފްރޮންޓް އޮފީހުގައި ބައިވެރިވާ 2 ވަނަ ބެޗްގެ ދަރިވަރުން– ފޮޓޯ: ޖަލާލުދީން ސްކޫލް

މީގެ އިތުރުން ދަސްވާރުގެ ފްރޮންޓް އޮފީހުގެ ދަރިވަރުން މިދިޔަ ހަފްތާގެ ހޯމަ ދުވަހުގެ ވަނީ ތަމްރީން ހޯދުމަށް ހަނިމާދޫ ބެއާރފޫޓް އަށް ވެސް ގޮސްފަ އެވެ، 4 ދަރިވަރުން ބައިވެރިވި މި ތަމްރީން ޕްރޮގްރާމްު ކުރިއަށް ދާނީ 11 ދުވަހަށެވެ. މިއީ ޖަލާލުއްދީނުން ފްރޮންޓް އޮފީސް ތަމްރީނަށް ބެއާރފޫޓް އަށް ދިޔަ ދެވަނަ ބެޗެވެ.

އައިމިނަތު ވިދާޅުވީ ފްރޮންޓް އޮފީސް ތަމްރީނަށް ދަރިވަރުން ބެއާރފޫޓަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ގްރޫޕުތަކަށް ބަހާލައިގެން ކަމަށާއި އެގޮތުން ފުރަތަމަ ބެޗު ގެ ދަރިވަރުން މި އޮކްޓޯބަރ 1 ގައި ގޮސް ތަމްރީން ފުރިހަމަކޮށްފައިވާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355