ކުޅުދުއްފުށިން އަންހެނަކު ގެއްލިގެން ހޯދަމުން އެބަ ދެއެވެ.
ކައުންސިލުން ވިދާޅުވީ ގެއްލިގެން ހޯދަމުން ދަނީ އުމުރުން 33 އަހަރުގެ އައިމިނަތު ޒީނިޔާ ނަމަކަށް އަންހެނެއްކަމަށާއި މިމީހާއަކީ ކުޅުދުއްފުށީގައި ދިރިއުޅޭ ނޮޅިވަރަމް މީހެއްކަމަށެވެ.
މިއަދުގެ ހެނދުނުގެ ވަގުތެއްގައި މި އަންހެންމީހާ ކުޅުދުއްފުށީގައި ދިރިއުޅޭ ގެއިން ފެނިފައިވާ ކަމަށާއި ގެއްލިގެން ކައުންސިލަށް ރިޕޯޓް ކޮށްފައިވަނީ މިއަދު ހެނދުނު ގާތްގަނޑަކަށް 8:30 ހާއިރުކަމަށް ކައުންސިލުން މައުލޫމާތު ދެއެވެ.