twitterviber whatsapp telegramfacebookyoutube instagram
18th April 2024

ވިލާކޮލެޖުން 2018 ޖެނުއަރީގައި ފަށާ ކޯސްތަކުގައި ބައިވެރިވުމަށް ހުޅުވާލައިި

Oct 31, 2017

ވިލާ ކޮލެޖުގައި 2018 ވަނަ އަހަރު ޖެނުއަރީ އިންޓޭކްގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އަންނަ އަަހަރު ޖެނުއަރީ އިންޓޭކްގައި އިންފޮރމޭޝަން ޓެކްނޮލޮޖީ،ކޮމްޕިއުޓަރ ސައިންސް، ބިޒްނަސް މެނޭޖްމަންޓް، ޓީޗިން، އެޑިއުކޭޝަން، ޝަރީޢާ، ލޯ، އިސްލާމް، ޤުރުއާން، ހިއުމަން ރިސޯސް، އެކައުންޓިންގ، ޕަބްލިކް ހެލްތް، އޭސީސީއޭ، ރިސާރޗް އަދި މެރިން ސްޓަޑީސް ދާއިރާއިން ޖުމްލަ 74 ކޯހެއްގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވައިލެވިފައެވެ.

މި ކޯސްތަކުގެ ތެރޭގައި ވިލާ ކޮލެޖުގެ އަމިއްލަ ކޯސްތަކާއި އަދި އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އެއް ކަމަށްވާ، ޔުނިވަރސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލޭންޑްގެ މާސްޓަރސް އަދި ޑިގްރީ ކޯސްތައް ހިމެނެއެވެ.

މިގޮތުން މި އިންޓޭކްގައި މާސްޓަރސް ފެންވަރުގެ 7 ކޯހަކާއި، ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ/ ސެޓްފިކެޓް ފެންވަރުގެ 4 ކޯހަކާއި، ޑިގްރީ ފެންވަރުގެ 20 ކޯހަކާއި، އެޑްވާންސްޑް ޑިޕްލޮމާ ފެންވަރުގެ 2 ކޯހަކާއި، ޑިޕްލޮމާ ފެންވަރުގެ 8 ކޯހަކާއި ފައުންޑޭޝަން ފެންވަރުގެ 11 ކޯހަކާއި އަދި ސެޓްފިކެޓް 3 ފެންވަރުގެ 9 ކޯހެއް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

ކޯސްތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ކޯހުގައި ބައިވެރިވުމަށް ފޯމް ހުށަހަޅަން ޖެހޭ އެންމެ ފަހުގެ ތާރީޚަކީ 17 ޑިސެންބަރ 2017 އެވެ. ކޯސްތަކުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ މަހުގެ ފުރަތަމަ ދެހަފްތާ ތެރޭގަ އެވެ.

ވިލާ ކޮލެޖުގެ މާލޭގައި ހުންނަ ކިއު.އައި ކެމްޕަހުގެ އިތުރުން ވިލާ ކޮލެޖު ހިތަދޫ ކެމްޕަސް، ވިލާ ކޮލެޖު ނައިފަރު ކެމްޕަސް، ވިލާ ކޮލެޖު އައްޑޫ ކެމްޕަސް،ވިލާ ކޮލެޖު ކުޅުދުއްފުށީ ކެމްޕަސް،ވިލާ ކޮލެޖު ލޭކް ސައިޑް ކެމްޕަސް (ށ.ފުނަދޫ) ވިލާ ކޮލެޖު މަހިބަދޫ ކެމްޕަސް އަދި ވިލާ ކޮލެޖު ފުވައްމުލަކުގައި ވެސް މި ކޯސްތައް ފެށުމަށްވަނީ ހަމަޖެހިފައެވެ.

ވިލާ ކޮލެޖުގެ ދަރިވަރުންނަށް ފީ ދެއްކުމުގައި ލުއި ފަސޭހަ ގޮތްތަކެއް ހޯދައި ދިނުމުގެގޮތުން ދަރިވަރުންނަށް މަންތްލީ އިންސްޓޯލްމަންޓް އަށް ފީ ދެއްކޭނެ އިންތިޒާމްވެސް ސެޕްޓެމްބަރ މަހުން ފެށިގެން މިވަނީ ހަމަޖެހިފައެވެ.

އަދި މީގެ އިތުރުން 1 އަހަރަށް ވުރެ ދިގު މުއްދަތެއްގެ (ޑިޕްލޮމާއިން މަތީގެ) ކޯހެއް ހަދާ ވިލާ ކޮލެޖުގެ ހުރިހާ ދަރިވަރުންނަށްވެސް މޯލްޑިވްސް އިސްލާމިކް ބޭންކްގެ އެޑިއުކޭޝަން ފައިނޭންސިންގ ފެސިލިޓީއަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވައިލެވިފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355