ކުޅުދުއްފުށީގައި ދިރިއުޅޭ ބިދޭސީންގެ ދަފްތަރެއް އެކުލާވާލުމަށް ކުޅުދުއްފުށީ ކައުންސިލުން ނިންމައިފި އެވެ.
އެ ކައުންސިލުން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ބިދޭސީންގެ ދަފްތަރެއް އެކައުންސިލުން އެކުލަވާ ލުމަށް ނިންމާފައިވާނެ ކަމަށާއި އެހެން ކަމުން ބިދޭސީން ގެންގުޅޭ އެންމެހާ ފަރާތަތްކުން އެ ދަފްތަރުގައި ރަޖިސްޓްރީ ކުރުމަށް ދަންނަވާ ކަމަށެވެ.
އެގޮތުން މި ދަފްތަރުގައި ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމް ކައުންސިލުން ލިބެން ހުންނާނެ ކަަމަށާއި ފޯމް ފުރިހަމަ ކުރުމަށްފަހު 10 ނޮވެމްބަރ 2017 ވާ ހުކުރު ދުވަހުގެ ކުރިން އެ އިދާރާއަށް ފޯމް ހުށައެޅުމަށް ވެސް މި އިއުލާނުގައި ވެއެވެ.
އަދި މީގެފަހުން ބިދޭސީން ގެންނަ ފަރާތަތްކުން މި ދަފްތަރުގައި ރަޖިސްޓްރީ ކުރުމަށްވެސް ކައުންސިލުން އެދިފައި ވެއެވެ.