twitterviber whatsapp telegramfacebookyoutube instagram
18th February 2026

ކުޅުދުއްފުށިން ގެއްލިގެން ހޯދަމުން ދިޔަ މީހާ ވެއްޓިފައި އޮއްވާ ފެނިއްޖެ

Oct 31, 2017

މިއަދު ހެނދުނު ފެށިގެން ކުޅުދުއްފުށިން ގެއްލިގެން ހޯދަމުންދަނީ ހދ ނޮޅިވަރަމްއަށް އުފަން އަކޭލާގޭ، އައިމިނަތު ޒީނިޔާ (33އ) އެވެ.

ހޯދަމުން ދަނިކޮށް އޭނާ ފެނިފައިވަނީ ކުޅުދުއްފުށީގައި ހުންނަ ހދ ޗިއުރެން ސާވިސް ސެންޓަރާ ދިމާލުގައި އޮންނަ ވަލުތެރެއިން އެވެ. އޭނާ ފެނުނުއިރު އޮތީ ހަބަރު ހުސްވެގެން ވެއްޓިފައި އެވެ.

ކުޅުދުއްފުށީގައި ދިރިއުޅޭތާ އަހަރެއް ވެފައިވާ މިއަންހެން މީހާއަކީ މިއަދު ހެނދުނުވެސް ގޭގައި އުޅުނު ކަމަށާއި އޭނާއަކީ ސިކުނޑީގެ އެއްވެސް މައްސަލައެއް ހުރި މީހެއް ނޫން ކަމަށެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލުގައި ބާއްވައިގެން އޭނާއަށް މިހާރު ދަނީ ފަރުވާދެމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355