twitterviber whatsapp telegramfacebookyoutube instagram
25th May 2025

އެންމެ ރީތި ގޮނޑުދޮށުގެ އެވޯޑް ކެލައަށް

Nov 1, 2017

ގެސްޓްހައުސްތަކަށް އަމާޒުކޮށްގެން ރާއްޖޭގައި ބޭއްވި ފުރަތަމަ އެވޯޑް، މާޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް ގެސްޓް ހައުސް އެޑިޝަންގެ އެންމެ ހިތްގައިމު ގޮނޑުދޮށެއް ލިބިފައިވާ ރަށުގެ އެވޯޑް ހއ.ކެލާއަށް ލިބިއްޖެ އެވެ.

މާފުށީގައި ބޭއްވި އެވޯޑް ދިނުމުގެ ހަފްލާގައި ރާއްޖޭގެ އެކި ހިސާބުތަކުން ގެސްޓްހައުސް ވިޔަފާރި ކުރާ 250 ވުރެ ގިނަ ފަރާތުން ވަނީ ބައިވެރިވެފައި އެވެ.

ގެސްޓްހައުސް އެވޯޑް ލިބުނު ފަރާތްތަކުން ބުނިގޮތުގައި ރާއްޖޭގައި ގެސްޓްހައުސް ވިޔަފާރި ކުރާ ފަރާތްތަކަށް އަމާޒްކޮށްގެން މިފަދަ އެވޯޑް ޝޯއެއް ބޭއްވުމަކީ އެފަރާތްތަކުން ކުރާ މަސައްކަތް އިތުރަށް ކުރިއެރުވުމަށް ލިބޭ ހިތްވަރެއް ކަމަށާއި އަންނަ އަހަރުވެސް ލިބުނު އެވޯޑް ދިފާއުކުރުމަށް މަސައްކަތް ކުރާނެ ކަމަށް އެފަރާތްތަކުން ވަނީ ބުނެފައެވެ.

އެހަފްލާގައި ގިނަ އެވޯޑްތަކެއް މާލެއަތޮޅު މާފުއްޓަށް ވަނީ ލިބިފައި އެވެ. އެގޮތުން އެންމެ ކުރިއަރާފައިވާ ގެސްޓްހައުސް ރަށުގެ އެވޯޑް މާފުއްޓަށް ލިބުނުއިރު، އެންމެ ކުރިއަރާފައިވާ ގެސްޓްހައުސްގެ އެވޯޑް ހޯދީ ކ.މާފުށީގެ ގެސްޓްހައުސެއް ކަމަށްވާ އެރީނާ ބީޗް ހޮޓެލްއެވެ.

އަދި އެންމެ ގިނަ އެވޯޑް ހާސިލްކޮށްފައިވަނީ އެރިނާ ބީޗް ހޮޓެލްއިންނެވެ. އެގޮތުން އެންމެ ކުރިއަރާފައިވާ ގެސްޓްހައުސްގެ އެވޯޑާއި، އެންމެ ކުރިއަރާފައިވާ ގެސްޓްހައުސް ބުރޭންޑުގެ އެވޯޑާއި، މަޓާޓޯއަށް އެންމެ އެހީތެރިކަން ފޯރުކޮށްދޭ ގެސްޓްހައުސްގެ ގޮތުގައިވެސް ހޮވިފައިވަނީ އެރީނާ ބީޗް ހޮޓެލްއެވެ.

މީގެ އިތުރުން ކ.މާފުށީގެ ކާނި ހޮޓެލްއިންވެސް ވަނީ މަޓާޓޯއަށް އެންމެ ބޮޑަށް އެހީތެރިކަން ފޯރުކޮށްދޭ ހޮޓެލްގެ އެވޯޑާއި، ލީޑިންގ ގެސްޓްހައުސް ބުރޭންޑުގެ އެވޯޑް ހޯދާފައެވެ. އެންމެ ކުރިއަރާފައިވާ ޑައިވިންގ އަދި ވޯޓަރ ސްޕޯޓްސްގެ ހިދުމަތްދޭ ގެސްޓްހައުސްއަކަށް ކ.މާފުށީގެ އެކްޓިވް ވޯޓަރ ސްޕޯޓްސް ހޮވުނުއިރު، އެންމެ ތަފާތު އަދި އުފެއްދުންތެރި ހިޔާލަކަށް ތަރައްގީކޮށްފައިވާ ގެސްޓްހައުސްގެ އެވޯޑް ހޯދާފައިވަނީ މާފުށީ ވެލާނާ ބީޗެވެ.

އަދި އެންމެ ކަމުދާ އެޑްވެންޗަރ ގެސްޓްހައުސްއަކަށް ހޮވިފައިވަނީ ލ.ގަން ރިވަރީސް ޑައިވް ވިލެޖެވެ.

ގެސްޓްހައުސް އެޑިޝަނަށް ޖަޖުކުރުމުގައި %40 އަކީ ޓްރިޕް އެޑުވައިޒާގެ ރިވިއުއަށް ބެލުމަށްފަހު ލިބޭ ޕޮއިންޓެވެ. ބާކީ %60 ބިނާވަނީ އެސްއެމްއެސް އާއި އޮންލައިން މެދުވެރިކޮށް ލިބޭ ވޯޓްގެ މައްޗަށެވެ. ގެސްޓްހައުސް އެޑިޝަން 15 ކެޓަގަރީއަކަށް ބަހާލައިފައިވާއިރު އޭގެ ތެރެއިން 3 އެވޯޑަކީ މަޓާޓޯއިން އިންސާފުކުރުމަށްފަހު ދޭ އެވޯޑެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355