twitterviber whatsapp telegramfacebookyoutube instagram
19th April 2024

ރޯހައުސް ގުރުއަތުލުމުގައި އުޅުނު މުވައްޒަފުންނަށް ކެއުން ދީފައިވާނީ ގަވައިދާ ހިލާފަށް

Nov 1, 2017

2015 ވަނަ އަހަރު ކުޅުދުއްފުށީގައި ރޯހައުސް ގުރުއަތުލުމުގައި މަސައްކަތުގައި އުޅުނު މުވައްޒަފުންނަށް ކައުންސިލްގެ ފަރާތުން ކެއުމުގެ ހަރަދު ކޮށްފައިވަނީ ދައުލަތު މާލިއްޔަތުގެ ގަވާއިދާ ހިލާފަށް ކަމަށާއި އެެހެންނަމަވެސް އެ އަމަލުގައި ކޮރަޕްޝަންގެ ކުށެއް އެކުލެވިގެން ނުވާ ކަމަށް އެންޓި ކޮރަޕްޝަނުން ބުނެފި އެވެ.

އިއްޔެ އެ އިދާރާއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ 15 ޑިސެންބަރު 2015 ގައި ކުޅުދުއްފުށީގައި އިމާރާތްކުރި ރޯހައުސްތަކުގެ ގުރުއަތުލުން ބޭއްވި ރޭ ރޯހައުސްތަކުގެ ގުރުއަތުލުމުގެ މަސައްކަތުގައި އުޅުނު 8 މުވައްޒަފުންނަށް ޝަކުވާގައި ބުނާ ތަނުން ކެއުމެއް ދީފައިވާތީއާއި އެ ކެއުމުގެ އަގަށް -/935 ރުފިޔާ (މީހަކަށް 116/88 ރުފިޔާ) ކުޅުދުއްފުށީގެ މާލިއްޔަތުން ހަރަދުކޮށްފައިވާތީއާއި އެފައިސާ ހަރަދުކުރުމަށް ކައުންސިލްގެ ގަރާރަކުން ފާސްކޮށްފައިވާތީއާއި ނަމަވެސް މި ހަރަދު ކޮށްފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ހިލާފަށްކަމަށެވެ.

އަދި އެ ގަވާއިދުގެ 5 ވަނަ ބާބަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ނަންބަރު 2012/01( 05 މާރޗް 2012 )ސަރކިއުލަރއިން ގެނެސްފައިވާ އިސްލާހުގައި އެބާބުގެ 19.5 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ، މުވައްޒަފުން ލައްވައި ކުރުވަންޖެހޭ ހާއްސަ ބޮޑެތި މަސައްކަތްތައް ކުރުވާއިރު ކެއުމާއި ސައި ދިނުމުގައި ކެއުމަކަށް ހަރަދުކުރަންވާނީ މީހަކަށް -/40 ރުފިޔާގެ ރޭޓުން ކަމަށްވާތީއާއި އެހެންކަމުން 8 މީހުންނަށް ޖުމުލަ ހަރަދުކުރެވޭނީ ގިނަވެގެން -/320 ރުފިޔާކަމަށްވާތީއާއި އެއަށްވުރެ އިތުރަށް ހަރަދުކޮށްފައިވާ -/615 ރުފިޔާއަކީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ހިލާފަށް ކޮށްފައިވާ ހަރަދެއް ކަމަށެވެ.

އެގޮތުން ކުރިމަގުގައި މިފަދަ ހަރަދުތައް ކުރުމުގައި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް އަމަލުކުރުމަށް ކުޅުދުއްފުށީ ކައުންސިލްގެ އިދާރާއަށް އެންގުމަށާއި އަދި މިމައްސަލާގައި ޤާނޫނު ނަންބަރު 2000/2( ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމުގެ ޤާނޫނު) ގައި ބަޔާންކޮށްފައިވާ ފަދަ ކޮރަޕްޝަންގެ އަމަލެއް ހިންގާވާކަން ފަހަކަ ކުރެވިފައިވާނުވާތީ ގާނޫނު ނަންނބަރު 2008/13 (އެންޓި-ކޮރަޕްޝަން ކޮމިޝަން ގާނޫނު) ގެ 25 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައިވާ ފަދައިން މި މައްސަލައަކީ ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންނުވާ މައްސަލައެއްކަމަށް ކަނޑައަޅައި އެ މައްސަލަ ނިންމީ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355