twitterviber whatsapp telegramfacebookyoutube instagram
25th April 2024

އޭޓީއެމް މެދުވެރިކޮށް ފައިސާ ނަގާ ފަރާތްތަކަށް ޑިޖިޓަލް ރިސިޕްޓް ލިބޭ ގޮތަށް ހަމަޖައްސައިފި

Nov 2, 2017

ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް މެދުވެރިކޮށް ފައިސާ ނަގާ ފަރާތްތަކަށް 8 ނޮވެމްބަރުން ފެށިގެން ޑިޖިޓަލް ރިސިޕްޓް ލިބޭ ގޮތަށް ހަމަޖައްސައިފިއެވެ.

އެތާރީޚުގެ ފަހުން އޭޓީއެމް މެދުވެރިކޮށް ފައިސާ ނަގާ ކަސްޓަމަރުންނަށް ކަރުދާހަށް ޕްރިންޓް ކުރެވިފައިވާ ރިސިޕްޓް ނުލިބުނު ނަމަވެސް އޭޓީއެމް މެދުވެރިކޮށް ޑިޕޮޒިޓް، ޓްރާންސްފަރ އަދި ފައިސާ ދެއްކުމުން ޓްރާންސެކްޝަން ފުރިހަމަވީ ކަން ޔަގީންކުރުމަށް ކަރުދާހަށް ޕްރިންޓް ކުރެވިފައިވާ ރިސިޕްޓް ލިބޭނެއެވެ.

އެގޮތުން ޑިޖިޓަލް ރިސިޕްޓް ދޫކުރަން ފެށުމުން ރިސިޕްޓް ޕްރިންޓް ކުރާ ކަރުދާސް މަދުކުރެވުމާއެކު ކުނި ގިނަވުމުގެ މައްސަލައަށްވެސް ލުޔެއް ލިބޭނެއެވެ.

އެ ބޭންކުން ބުނީ މިހާރުވެސް ބީއެމްއެލްގެ ގިނަ ކަސްޓަމަރުން ޓްރާންސެކްޝަންތަކުގެ ތަފްސީލް ބެލުމަށް މޮބައިލް އެޕް އިހުތިޔާރުކުރަމުންދާކަން ވަނީ ފާހަގަކުރެވިފައި ކަމަށާއި އަދި ވަރަށް ގިނަ ކަސްޓަމަރުންނަށް މިހާރުވެސް މޮބައިލް ފޯނަށް އެސްއެމްއެސްގެ ޒަރީއާއިން ޑިޖިޓަލް ރިސިޕްޓް، ނުވަތަ ޓްރާންސެކްޝަން އެލާޓް ލިބެމުން ދާކަމަށެވެ.

އެގޮތުން މިހިދުމަތް އިތުރަށް ފުޅާވެގެން ދިޔުން ވެގެންދާނީ ބީއެމްއެލްގެ އޮންލައިން ބޭންކިންގ ހިދުމަތްތަކުން ކަސްޓަމަރުންނަށް ލިބެމުންދާ އިތުރު ފަސޭހައަކަށްކަމަށާއި ފައިސާ ނެގުމުން ޓްރާންސެކްޝަން އެލާޓް މޮބައިލް ފޯނަށް ލިބެމުން ނުދާ ކަސްޓަމަރުންނަށް ބީއެމްއެލްގެ ކޮންމެ އޭޓީއެމްއެއް މެދުވެރިކޮށްވެސް ފަސޭހަކަމާއެކު މި ހިދުމަތަށް އެފަރާތެއްގެ މޮބައިލް ނަންބަރު ރަޖިސްޓްރީ ކުރެވޭނެ ކަމަށްވެސް ބޭންކުން މައުލޫމާތު ދެއެވެ.

ބީއެމްއެލްއިން ހާމަކުރާ ގޮތުގައި މިހާރު ކުރެވޭ ކޮންމެ 10 ޓްރާންސެކްޝަންއަކުން 9 ޓްރާންސެކްޝަން ކުރެވެނީ އޮންލައިންކޮށެވެ. މިކަމުގެ ސަބަބުން ބްރާންޗްތަކުން ހިދުމަތް ހޯދުމަށް ކިޔޫގައި މަޑުކުރަން ޖެހޭ މިންވަރު ވަރަށް ބޮޑަށް ވަނީ މަދުވެފައެވެ. މިއަހަރު ކުރީކޮޅު ބީއެމްއެލްއިންވަނީ ޕާސަނަލް ކަސްޓަމަރުންނަށް އަމާޒުކޮށް އިންޓަނެޓް ބޭންކިން އަށް އާ ބަދަލުތަކެއް ގެނެސްފައިވާއިރު އަލަށް ތައާރަފް ކުރި ހިދުމަތްތަކާއި ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކުގެ ސަބަބުން މިހިދުމަތަށް އާންމުންގެ ތަރުހީބު ވަރަށް ބޮޑަށް ދަނީ ލިބެމުންނެވެ.

ޑިޖިޓަލް ރިސިޕްޓް ދޫކުރަން ފެށުމަކީ ބީއެމްއެލެއިން ތިމާވެށި ރައްކާތެރިކުރުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެވެސް އެއްބައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355