އާ އޮޕަރޭޝަން ޑޮކްޓަރަކާއެކު އިތުރު ބައެއް އޮޮޕަރޭޝަންތަކެއް ކުޅުދުއްފުށީ ހޮސްޕިޓަލްގައި ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލް ހިނގާ އެންއައިއައިގެ ޑެޕިއުޓީ ޑިރެކްޓަރު ފާތިމަތު އުސެއިދު ވިދާޅުވީ އިންޑިޔާގެ ނިމްސް ހޮސްޕިޓަލުގައި އޮޕަރޭޝަން ޑޮކްޓަރެއްކަމަށްވާ ވިޖިން މިހާރު ކުޅުދުއްފުށީ ހޮސްޕިޓަލުގައި ބަލިމީހުން ބަލައްވަމުންގެންދަވާ ކަމަށެވެ. އަދި އޭނާގ ދާއިރާގެ ބައެއް އޮޕަރޭޝަންތައްވެސް މިކޮޅުގައި ކުރިއަށްދާނެކަމަށެވެ.
ޑރ ވިޖިން މި މަހު 23 ހަމައަށް މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ އިރު އެދުވަސްތަކުގެ ތެރޭގައި ހާރނިޔާ އޮަޕަރޭޝަން، އެޕެންޑިކްސް އޮޕަރޭޝަން، ގޮހޮރުގެ އޮޕަރޭޝަންގެ އިތުރުން އުރަމަތީގެ ކެންސަރާ ގުޅުން ހުރި އޮޕަރޭޝަންތަށް، އަދި ހަކުރު ބަލި ހުންނަ މީހުންގެ ފައިގެ ފާރުގަނޑުގެ އޮޕަރޭޝަން ކުރުމަށް ހަމަޖެހިފައިވެ އެވެ.
ޑޮކްޓަރު ވިޖިންގެ އިތުރުން އެތެރެ ހަށީގެ ޑޮކްޓަރު އަނޫޕް އަބްދުﷲ ވެސް އިއްޔެއިން ފެށިގެން ކުޅުދުއްފުށީ ހޮސްޕިޓަލްގައި ބަލި މީހުން ބަލަން ވަނީ ފަށާފައި އެވެ. އަނޫޕް އެ ހޮސްޕިޓަލްގައި މިމަހު 16 ހަަމައަށް ފަރުވާދެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ ތެރެއިން ބައެއް އޮޕަރޭޝަންތަށް މީގެ ކުރިންވެސް ކުޅުދުއްފުށީ ހޮސްޕިޓަލުގައި ކޮށްފައިވެ އެވެ.