“ކާރ ޑޭޝްކެމް” ކާރުތަކަށް ހާއްސަ ކެމެރާއެއް

ޚަދީޖާ އާދަމް - 1 އަހަރު ކުރިން - 3 ނޮވެމްބަރ 2017ކާރުތަކުގެ ފަސޭހައިން ހަރުކޮށްލެވޭ “ކާރ ޑޭޝްކެމް” އަކީ ކާރުތަކަށް ހާއްސަކޮށް ފަރުމާކޮށްފައިވާ ބޭނުން ކުރަން ފަސޭހަ ކެމެރާއެވެ.

ކާރުގެ ވިންޑްސީލްޑްގައި ހަރުކުރެވޭ ގޮތަށް އިންނަ މި ކެމެރާއިން ކާރު ދުއްވަމުންދާ ވަގުތު މަގުމަތީގެ މަންޒަރުތައް ރިކޯޑް ކޮށްދޭއިރު ކެމެރާ ފުރުމުން ކުރިން ރިކޯޑް ކުރި ވީޑިއޯގެ މައްޗަށް އަލުން ރިކޯޑް ކުރެވޭނެ އެވެ. އެއިރުން ވީޑިއޯތައް ޑިލީޓް ކުރަން ޖެހުމުގެ އުނދަގުލުން ސަލާމަތް ވެވުނީ އެވެ.

މި ކެމެރާ ފަރުމާކޮށްފައިވަނީ ކާރަށް ބޮޑު ލޮޅުމެއް އައި ކަމުގައިވިއަސް ކެމެރާ ނުނިވޭ ގޮތަކަށެވެ. އެހެން ކަމުން އެކްސިޑެންޓެއް ދިމާވެއްޖެނަމަ މި ކެމެރާގެ ބޭނުން ވަރަށް ބޮޑަށް ޖެހޭނެއެވެ. މަންޒަރާއިއެކު އަޑުވެސް ރިކޯޑް ކުރެވޭ މި ކެމެރާ އަދިރީގައި ނައިޓް މޯޑްގައިވެސް ރިކޯޑް ކުރެވޭނެއެވެ.

އެޗްޑީ ކޮށް ރިކޯޑް ކުރެވޭ މި ކެމެރާއިން 2 ގަޑިއިރަށް ރިކޯޑް ކުރުމުގެ ގާބިލްކަން ލިބިފައިވާއިރު ކެމެރާގެ ސްކްރީން ނިވުނު ކަމަށްވިއަސް މަންޒަރުތައް ރިކޯޑް ކުރެވެމުންދާނެ އެވެ.


ގުޅުން ހުރި ލިޔުންތައް