twitterviber whatsapp telegramfacebookyoutube instagram
20th April 2024

އެއާޕޯޓް އަޅައިފިނަމަ ކައިރީގައި އޮތް 2 ސްކޫލަށް ވާނީ ކިހިނެތް؟

Nov 5, 2017

މިހާރު އެންމެ ވައިގައި ހިފާފައި އޮތް ވާހަަކަ އަކީ ކުޅުދުއްފުށީ ކުޅި ހިއްކައި އެތަނުގައި އެއާޕޯޓް އަޅާ ވާހަކަ އެކެވެ. ކުޅި ހިއްކާތީ އެކަމާ ކަންތައް ބޮޑުވާ މީހުންނާއި އެއާޕޯޓް އެޅުމަށް ކުޅި ހިއްކުމާ އެއްކޮޅު މީހުން އެމީހުންގެ ހިޔާލުތަކާއި ޝުއޫރުތައް ސޯޝަލް މީޑިއާގައި ބަންޑުން ކުރަމުން ދާއިރު މިއީ ދެކޮޅުން ގެއްލުންވެސް އަދި ފައިދާވެސް ވާނެ ކަމެކެވެ.

ފައިދާގެ ވާހަކަ އިހަށް ބައްވާނަމެވެ. އެއާޕޯޓް އެޅުމަށް ކުޅި ހިއްކުމުގެ ވާހަަކަ ފެށުނީއްސުރެ ގިނަ ބައެއްގެ ސުވާލަކަށްވީ އެއާޕޯޓް އަޅައިފިނަމަ އެންމެ ކައިރީގައި އޮތް 2 ސްކޫލަށް ވާނީ ކިހިނެތްތޯ އެވެ. ގިނަ އަދަދެއްގެ ދަރިވަރުން ތައުލީމް ހާސިލް ކުރަމުންދާ ޖަލާލުއްދީން އަދި ހދ އޭއީސީ އެއޮތީ ހަމަ ޖެހިފަ އެވެ. އެއާޕޯޓް އެޅުމަށްފަހު ދުވާލަކު 5 ފްލައިޓް ޖެއްސި ކަމަށްވިއަސް ގިނަ ވާނީ ސްކޫލުގައި ދަރިވަރުން ތައުލީމް ހަސިލް ކުރާ ގަނޑިތަކެވެ.

މިސާލަަކަށް ހަނިމާދޫ އެއާޕޯޓަށް ފްލައިޓް ޖައްސާ ގަނޑިތަކާއި އެ އުސޫލުން ކުޅުދުއްފުށީގައި އެއާޕޯޓް އެޅުމަށްފަހު ފްލައިޓް ޖައްސާނަމަ ފަތިހު ދަރިވަރުން ސްކޫލަށް ދާން ހޭލާނީވެސް ފްލައިޓުގެ އަޑާއެކު އެވެ. މިއީ ކިޔަވައިދިނުމުގައި ނުވަތަ ކިޔަވައި ދަރިވަރުންނާއި މުދަރިއްސުންނަށް ކިހާ ވަރެއްގެ އުނދަގުލެއް ދިމާވެދާނެ ކަމެއް ކަމާ މެދު ސުވާލު އުފެދެ އެވެ.

ހާއްސަކޮށް އޭއީސީއަށް ވުރެ ޖަލާލުއްދީން ސްކޫލަށް މިކަމުގެ އުނދަގޫ ބޮޑުވާނެއެެވެ. ދަރިވަރުންގެ ޓެސްޓް ދުވަސްކޮޅު އެކަން ވާނީ ދަރިވަރުންނަށް ބޮޑު ތަކުލީފަކަށެވެ. އެއާރޕޯޓް އޮންނާނީ ގާތްގަނޑަކަށް ޖަލާލުއްދީން ސްކޫލާއި ޖެހިފައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

އެހެންކަމުން އޯލެވެލް އަދި އޭލެވެލްގެ ޓެސްޓު ދުވަސްވަރު ބޯމަތިން އިރު އިރުކޮޅުން އިންޖީނެއް ދަތުރު ކުރާނަމަ ޔަގީނުންވެސް ދަރިވަރުންނަށް ބޮޑު ތަކުލީފަކަށް ވާނެއެވެ. ކިޔަވައިދެމުންދާއިރު ފްލައިޓް ޖައްސާ ކޮންމެ ވަގުތަކަށް ކިޔަވައިދިނުން ހުއްޓާލުންވެސް ފަސޭހަ ކަމަކަށް ނުވާނެއެވެ. ގިނަ ފަހަރަށް އަންނަ ފްލައިޓް އިންޖީން ކަނޑާނުލާ އެއާޕޯޓް ގައި މާލެ ދިއުމަށް އައިސް ތިބޭ މީހުން ގޮވައިގެން އަލުން ފުރާއިރު އަންނަ ފަސެންޖަރުން ފައިބައިގެން އަލުން ފަސެންޖަރުން އެރުމާއި ދޭތެރޭގައި 20 ވަރަކަށް މިނެޓް ހޭދަވާއިރު 40 މިނެޓްގެ ސްކޫލް ޕީރިއަޑެއް ގެ ބޮޑުބައި އެދަނީ އިންޖީނު އަޑުގެތެރޭގަ އެވެ.

އެކި ފަހަރު އެކި މޫސުން އޮންނަ ތަނަކަށް ވާއިރު ވައި ޖެހޭގޮތަކުން މިކަމުގެ އުނދަގޫ ވަކިން ބޮޑުވެދާނެއެވެ. އެހެން ވެއްޖެނަމަ އެއާޕޯޓް އެޅުމުން ވާ ފަސޭހައާއި އެއްވަރަށް އުނދަގުވާނަމަ އެއާޕޯޓެއް އޮތުމުގެ ފުރިހަމަ ހިތްހަަމަޖެހުން ގެއްލުނީ އެވެ.

ދަރިވަރުންގެ ކިޔެވުމަށްވުރެ އެއާޕޯޓު މުހިއްމު ކަމަށް ބުނާ ބަޔަކުވެސް ތިބެދާނެއެވެ. އަދި އަބަދު އަޑު އިވެން ފެށުމުން އެ އަޑަށް ހޭނި އެއީ މާބޮޑު މައްސަލައަކަށް ފަހުން ނުވެދާނެ ކަމަށް ބުނާ ބަޔަކުވެސް ތިބެދާނެއެވެ. ބޭނުންވަނީ އެއާޕޯޓެވެ. އެހެން ކަންކަން އެކަމުގެ ފަހުންނެވެ.

ކޮންމެއަކަސް، ކުޅުދުއްފުށީ އެއާޕޯޓުގެ ވާހަކައަކީ ކުރިން ކުޅުދުއްފުށީ މީހުން ދެއްކި ވާހަކައެއް ނޫނެވެ. ނުވަތަ އެފަދަ ތަޞައްވަރެއްވެސް ކުރިން ކުރެވިފައެއް ނެތެވެ. އަދި އެކަމަށް ރަށުގެ ބިމުން މާބޮޑު ޖާގައެއް ވެސް ނެތެވެ. ނަމަވެސް އެހެން އެކަންތައް ހުއްޓައި ރަށުގައި އެއާޕޯޓު އަޅައިދޭނެ ކަމަށް ބުނެ ވައުދުތަކެއް ވުމުން، މިހާރު ރައްޔިތުންވެސް ތިބީ އެއާޕޯޓަކަށް ކެތްމަދުވެފައެވެ. ސްކޫލާ ޖެހިގެން އެއާޕޯޓު އޮތަސް އެއީ މާބޮޑު މައްސަލައެއް ކަމަށް ގިނަބަޔަކު ނުދެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355