twitterviber whatsapp telegramfacebookyoutube instagram
25th April 2024

އެއާޕޯޓާއެކު އިޤްތިސާދީ އާ ހަރުފަތަށް ކުޅުދުއްފުށި ގެންދެވޭނެ: މެމްބަރު ނަޝީދު

Nov 3, 2017

އެއާޕޯޓަކީ ކުޅުދުއްފުށީ އެހެން މަގާމަކަށް އުފުލާލުމަށްޓަކާ ވަރަށް މުހިންމު މަޝްރޫއުއެއްކަމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު އަލްއުސްތާޒް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމްއަށް ދެއްވި އިންޓަވިއު ނަޝީދު ވިދާޅުވީ ކުޅުދުއްފުށީގައި އެއާޕޯޓެއް އެޅުމަކީ އެއްގޮތަށް ވުރެ ގިނަ ގޮތްގޮތުން ކުޅުދުއްފުށީ ރައްޔިތުންނަށް ފައިދާވާނެ ކަމެއް ކަމަށާއި އަދި އެއާޕޯޓްގެ ސަބަބުން ވިޔަފާރިތަށް ފުޅާވެ، ފެތުރިގެންދާނެ ކަމަށެވެ.

ކުޅުދުއްފުއްޓަކީ އުތުރުގެ މައި ނާރެސް ކަމަށް ބެލޭވޭ ރަށްކަން ފާހަގަކުރައްވަމުން މެމްބަރު ނަޝީދު ވިދާޅުވީ އިންފްރާސްޓްރަކްޗާއަށް ބަލާކަމަށްވާ ނަމަ ކުޅުދުއްފުއްޓަށް މަދީ ހަމައެކަނި އެއާޕޯޓެއް ކަމަށެވެ.

“ކުޅުދުއްފުއްޓަކީ އުތުރުގެ މައި ނާރެސް ކަމަށް ބެލެވޭ ތަން. މިތަނުގައި މިހާތަންނަށް އިންފްރާސްޓްރަކްޗާއަށް ބަލާކަމަށްވަންޏާމުން، ކަނެކްޓިވިޓީގެ ގޮތުން ބަލާނަމަ ހަމައެކަނި މަދީ އެއާޕޯޓެއް.” ނަޝީދު ވިދާޅުވި އެވެ. އެއާޕޯޓްގެ ސަބަބުން ތައުލީމާއި ސިއްހަތު އަދި އިޤްތިސާދާ ގުޅިފައިވާ ހުރި ހުރިހާ ވިޔަފާރިއަށް އިޤްތިސާދީ ހަރަކާތްތެރިކަމަށް ވަރަށް ބޮޑު އިތުރުކަމެއް އަންނާނެ ކަމަށެވެ.

އެއާޕޯޓެއް އޭގެ ޒާތުގައި އުފަންވެ، އެއާޕޯޓް ހިނގައިގަތުމާއެކު އުފެދޭ ވަޒީފާތަކާއި އާންމުދަނީގެ ފުރުސަތުތަކުގެ އިތުރަށް އެހެން ވިޔަފާރިތަކާއި އިޤްތިސާދުތަކުން މިދާއިރާތަކަށް ލިބޭ ތަރައްގީ އާއި މަންފާވެސް ފެތުރިގެންދާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

“އަޅުގަނޑު ދެކޭގޮތުގައި ކުޅުދުއްފުށި އެހެން މަގާމަކަށް އުފުލާލުމަށްޓަކާ ވަރަށް މުހިންމު ކަމަކަށް ވެގެންދާނެ.”

ކުޅުދުއްފުއްޓަށް އެއާޕޯޓެއްގެ މުހިންމުކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ މާލެ ފޮނުވާލަން ޖެހޭ ބަލި މީހުން ފޮނުވާލުމުގައި އެތަށް ގުނައެއްވެސް އެއާޕޯޓްގެ ސަބަބުން ފަސޭހަވެގެންދާނެ ކަމަށެވެ. އަދި ސަރަހައްދީ ހޮސްޕިޓާ މިތަނުގައި ހުރުމުން ގިނަ ބަޔަކު މިހާރުވެސް މާލެ ފޮނުވަމުންގެންދަން ޖެހެނީ ހަނިމާދޫމަގުން ކަމަށާއި އެހެންކަމުން ބަލިމީހާއަށް ފަރުވާ ލިބުމަށް ގިނަ ވަގުތުތަކެއް ނަގާކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355