ޑަބުލިއު ސްޕޯޓްސް އެކަޑަމީން އިންތިޒާމުކޮށްގެން ކުޅުދުއްފުށީގައި ބާއްވާ އަންހެން ފުޓްސަލް މުބާރާތް ފަށައިގެން ވަރަށް ފޯރިގަދަކޮށް ކުރިއަށް އެބަދެ އެވެ.
ޒޯން ސްޓޭޑިއަމް ފުޓްސަލް ދަނޑުގައި ކުރިއަށްދާ މިމުބާރާތުގައި 8 ޓީމަކު ބައިވެރިވެފައިވާއިރު މެޗުތަށް ކުޅެނީ ރޭގަނޑު އެވެ. ރެއަކު ދެ މެޗު ކުޅެމުންދާއިރު ގިނަ އަދަދެއްގެ ސަޕޯޓަރުން ޖަމާވެ ވަރަށް ފޯރިއާއެކު ދަނީ ކުޅުންތެރިންނަށް ހިތްވަރު ދެމުންނެވެ.
ފުޓްސަލް މުބާރާތެއް ބަލަން މީގެ ކުރިން ނުދާވަރަށް ސަޕޯޓަރު މި މުބާރާތުގެ މެޗުތަށް ބަލަން ގޮސް ތިބެ އެވެ. ގިނަ ބަޔަކު ދަނޑަށް ދަނީ އަންހެނުން ފުޓްބޯޅަ ކުޅޭތި އެވެ. މަދު ފަހަރަކު ނޫނީ އަންހެނުން މިފަދަ މުބާރާތްތަކުގައި ކުޅެނިކޮށް ނުފެނެ އެވެ.
އަންެހެން ފުޓްސަލް މުބާރާތުގެ ތެރެއިން–
ދަނޑަށް މެޗު ބެލުމަށް ގޮސް ހުރި މީހަކު ބުނީ އޭނާ މެޗު ބަލަން އަންނަނީ އަންހެނުން ކުޅޭތީ އޭނާއަށް ހިތްވަރުދީ ސަޕޯޓްކުރުމަށް ކަމަށެވެ. ” އަންހެނުންވެސް އަހަރެން ކުޅޭއިރު ދަނޑަށް އައިސް ސަޕޯޓްދޭން ހުރޭ. އެހެންވީމަ އަންހެނުން ކުޅޭއިރު އަހަރެންވެސް އަންނަ ޖެހޭނޭނުން ” މުބާރާތް ފެށި ރޭ ދަނޑަށް ވަދެ ހުރި ޒުވާނަކު ބުންޏެވެ.
މުބާރާތުގައި ވާދަކުރާ ޓީމުތަކުގައި ގިނަ ތިބީ ޒުވާން އަންހެން ކުދިންނެވެ. މިއީ ފުޓްބޯޅައިގެން ދާއިރާއިން ކުރިއަށްދާ ބޭނުންވެފައި ތިބި އަންހެނުން ކުދިންނަށް ފަށާގަތުމަށް ވަރަށް މުހިންމު މުބާރާތެއް ކަމަށް ގިނަ ޒުވާނުން ގަބޫލުކުރެ އެވެ. އަދި މިމުބާރާތުގެ ސަބަބުން ފުޓްބޯޅައިގެ ދާއިރާއިން ޒުވާން އަންހެނުން ކުދިން އުފެދިގެންދާނެ އެވެ.
އަންެހެން ފުޓްސަލް މުބާރާތުގެ ތެރެއިން–
އެކި އުމުރުގެ ގިނަ ބަޔަކު ދަނޑަށް ޖަމާވެ ހިއްވަރު ދޭއިރު ފުޓްބޯޅާއިގެ އަހްލާގީ މިންގަނޑާ ހިލާފުނުވާނެ ގޮތަށް ސަޕޯޓްކުރުމަކީ ވަރަށް މިފަދަ މުބާރާތްތަށް އިންތިޒާމުކުރާ ފަރާތްތަކަށް މިއަށް ވުރެ ފޯރިގަދަ މުބާރާތެއް ކުރިއަށް އޮތްތާ އިންތިޒާމުކުރަން ލިބިގެންދާނެ ހިތްވަރަކަށް ވެގެންދާނެ އެވެ. އަދި ކުރިއަށް އޮންނަ މިފަދަ މުބާރާތްތަކުގައި ވާދަކުރާ ކުޅުންތެރިންނަށްވެސް އާ ޖޯޝަކަށްވާނެކަން ޔަގީންނެވެ.