twitterviber whatsapp telegramfacebookyoutube instagram
8th April 2026

ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމް ހިންގާ ބެލެހެއްޓުން ޕްރޮވިންސް އޮފީހާ ހަވާލުކޮށްފި

Feb 20, 2011

އިބްރާހިމް ހަމީދު

ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމް ހިންގާ ބެލެހެއްޓުން ޔޫތު މިނިސްޓްރީން މަތިއުތުރު ޕްރޮވިންސް އޮފީހާ ހަވާލުކޮށްފިއެވެ. މިކަމަށްޓަކައި މަތިއުތުރުޕްރޮވިންސް އޮފީހުގެ ކޮންފަރެންސް ހޯލްގައި މިމަހު 16 ވަނަ ދުވަހު ބޭއްވުނު ބައްދަލުވުމުގައި  ޒޯން ސްޓޭޑިއަމްހިންގާ ބެލެހުއްޓުން މަތިއުތުރުޕްރޮވިންސް އޮފީހާއި ހަވާލު ކޮށްދެއްވީ މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސްގެ ޑެޕިއުޓީޑިރެކްޓަރ ޖެނެރަލް އަލީ ޒަކީއެވެ.

ކުޅުދުއްފުށީ އޮންލައިނަށް މައުލޫމާތު ދެއްވަމުން މަތިއުތުރުޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރުގެ ނައިބު ހަސަން ޒިޔާދު ވިދާޅުވީ ޒޯން ސްޓޭޑިއަމްގެ އިންވެންޓްރީއެއް ނެގުމަށްފަހު އެތަން ހިންގާ ބެލެހެއްޓުން ޕްރޮވިންސް އޮފީހާ ހަވާލު ވެފައި ވާކަމަށެވެ.

ޕްރޮވިންސް އޮފީހާ ވެވުނު އެއްބަސްވުމުގެ ދަށުން އެތަނުގެ އެޑްމިނިސްޓްރޭޓިވް ކަންތައްތަކާއި މުވައްޒަފުންގެ ކަންތައްތަކާއި ތަން މަރާމާތުކޮށް ބެލެހެއްޓުންވެސް ވަނީ ޕްރޮވިންސްއޮފީހާއިހަވާލުކޮށްފައެވެ. އަދި މުސާރަ ފިޔަވާ މަރާމާތަށް ސަރުކާރުން އަހަރުން އަހަރަށް ދޫކުރަށްވާ ބަޖެޓްވެސް  ޕްރޮވިންސް އޮފީހާއި ހަވާލުކުރާގޮތަށް ހަމަޖެހިފައިވާކަމަށާއި އެހެން ނަމަވެސް އަދި އެފައިސާ ޕްރޮވިންސް އޮފީހަށް ހަވާލުނުކުރާކަމަށް ހަސަން ޒިޔާދު މައުލޫމާތު ދެއްވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355