twitterviber whatsapp telegramfacebookyoutube instagram
26th April 2024

ކުޅި ޤުރުބާން ނުކުރުމަށް 7 ޖަމިއްޔާއަކުން ކައުންސިލަށް ގޮވާލައިފި

Nov 5, 2017

ކުޅުދުއްފުށީ މަށިކުޅި ހިއްކައިގެން އެއާޕޯޓެއް ހަދަން ސަރުކާރުން މަސައްކަތްކުރާތީ އެކަމާ ރާއްޖޭގެ 7 ޖަމިއްޔާއަކުން އަނެއްކާ ކަންބޮޑުވުންފާޅުކޮށްފި އެވެ. މިކަމާ ކަންބޮޑުވުންފާޅުކޮށްފައިވަނީ އީކޯކެއާ، ބްލޫޕީސް، އުތެމަ، ބީލީފް، އެމްޑީއެން، ފްރެންސްއެއިޑް އަދި ވޮއިސް އޮފް ވިމެން އިންނެވެ.

ހަތް ޖަމިއްޔާއިން ގުޅިގެން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ އެފަދަ ޤުދުރަތީ ވަސީލަތްތަކަކީ ރަށުގެ އެންމެހާ ދިރުންތަކާއި ގުޅި ލާމެހިފައިވާ ތަންތަން ކަން ކުޅުދުއްފުށީ ކައުންސިލަން އެނގޭނެ ކަމަށެވެ.

އަދި ކުޅީގެ ގައުމީ، ގުދުރަތީ، އިޤްތިސާދީ، އިޖްތިމާއީ އަދި ސަގާފީ މުހިއްމުކަން ބަޔާންކުރާކަން ނުޖެހޭނެ ކަން ފާހަގަކުރަމުން ސިޓީގައި ރަށުގެ ކައުންސިލަށް އިލްތިމާސްކޮށް ގޮވާލާފައި ވަނީ ރަށަށާއި ރަށުގެ ރައްޔިިތުންނަށް އޭގެ މަންފާ ފައިސާއިން އަގުނުކުރެވޭވަރުގެ މުހިއްމު ކުޅުދުއްފުށިކުޅި “ގުރުބާން” ކުރުން ހުއްޓާލެއްވުމަށެވެ.

އަދި ކުޅިހިއްކަން ފެށުފައި ވަނީ ކުޅިހިއްކުމާބެހޭ ތިމާވެށި ރިޕޯޓުގައި ކަނޑައެޅިފައިވާ ގޮތާއި މުޅިން ހިލާފަށްކަމަށާއި ކުޅި އަކީ ކުޅިއަކީ ގިނަ އަންހެނުންތަކެއް ދެމެހެއްޓެނިވި ގޮތެއްގައި އާމުދަނީ ހޯދަމުން އަންނަ ވަސީލަތެއް ކަމަށެވެ.

އޭގެ އިތުރުން ކުޅުދުއްފުށީ ކުޅިއަކީ ރާއްޖޭގެ މިފަދަ އެހެންކުޅިތަކަށް ބަލާއިރު އެތަން އުފެދުމުގައި ހާއްސަ ސިފަތަކެއްވާ އަދި ކުޅީގެ ދިރުންތަކުގެ ސަބަބުން އެތަނަކީ ގައުމީ ފެންވަރުގައިވެސް ހާއްސަ ތަރިކައެއް ކަމަށެވެ.

މީގެ ކުރިންވެސް ތިމާވެށި ހިމާޔަށް ކުރުމަށް މަސައްކަތް ކުރާ ފަސް ޖަމިއްޔާއަކުން ކަންބޮޑުވުންފާޅުކޮށް ނޫސްބަޔާނެއް ނެރެފައިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355