twitterviber whatsapp telegramfacebookyoutube instagram
25th May 2025

ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ކުޅުދުއްފުށީގައި ކޯސްތަކެއް ފަށަނީ

Nov 6, 2017

ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ކުޅުދުއްފުށީ ގޮފިން އަންނަ ޖެނުއަރީމަހު ފަށަން ހަމަޖެހިފައިވާ 3 ކޯހަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. އެ ތިން ކޯހަކީ  ޤިރާޔަތު ލެވެލް 1،2 އަދި 3 އެކެވެ.

ޤިރާޔަތު ސެޓްފިކެޓް 1 ގެ ޝަރުތުތަކަކީ ފަށާ ތައުލީމު ނިންމާފައިވުން ނުވަތަ 16 އަހަރު ފުރިފައ ވުމެވެ. އަދި މަރުކަޒުންދޭ ބަސްދީގަތުމުން ފާސްވުމެވެ. 2 މަސްދުވަހަށް ހިންގާ  މިކޯހުގައި 20 ޖާގަ ހިމެނެއެވެ.

ޤިރާޔަތު ސެޓްފިކެޓް 2 ގެ ޝަރުތުތަކަކީ މަރުކަޒުންދޭ ބަސްދީގަތުމުން ފާސްވުމުގެ އިތުރުން ޤިރާޔަތު ސެޓްފިކެޓް 1 ނިންމާފައި ވުމެވެ. 20 ޖާގައިގެ މިކޯހުގެ މުއްދަތަކީ 4 މަސްދުވަހެވެ.

އަދި ޤިރާޔަތު ސެޓްފިކެޓް 3 ގެ ޝަރުތުތަކަކީ މަރުކަޒުންދޭ ބަސްދީގަތުމުން ފާސްވުމުގެ އިތުރުން ޤިރާޔަތު ސެޓްފިކެޓް 2 ނިންމާފައި ވުމެވެ. 8 މަސްދުވަހުގެ މިކޯހުގައިވެސް 20 ޖާގަ ހިމެނެއެވެ.

ޤުރުއާނާ ބެހޭ މަރުކަޒުގެ ޓީޗަރުން ކިޔަވައިދޭ މިކޯސްތަކުގައި ފީ އެއްގެ ގޮތުގައި މަހަކު 250ރ ދައްކަން ޖެހެ އެވެ.

މި ކޯހުގައި ބައިވެރިވުމަށް އެދޭ ފޯމް މިހާރު ދޫކުރަށް ފަށާފައިވާއިރު 28 ޑިސެންބަރގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 14:00 އަށް ކައުންސިލް އިދާރާއިން ލިބެންހުންނާނެ އެވެ. އިތުރު މައުލޫމާތު ރަސްމީ ގަޑީގައި ކައުންސިލުގެ ނަމްބަރު 6528831 ގުޅުމުން ލިބިގެންދާނެކަމަށް އެއިދާރާއިން މައުލޫމާތުދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355