twitterviber whatsapp telegramfacebookyoutube instagram
24th April 2024

މަގާމުގެ ނުފޫޒު ބޭނުންކުރިކަމަށް ބުނެ މުޖުތަބާއާ ދެކޮޅަށް މައްސަލައެއް އޭސީސީއަށް ހުށަހަޅައިފި

Nov 7, 2017

މޯލްޑިވްސް ރޯޑްސް ކޯޕަރޭޝަން )އެމްއާރުޑީސީ(ގެ ހަނިމާދޫ ސައިޓާ ހަވާލުވެހުރި އަހުމަދު މުޖުތަބާ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އެތަނުގެ ވެހިކަލުތަކެއް ނަހަމަގޮތުގައި ބޭނުންކުރިކަމަށް ބުނެ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މައްސަލައެއް ހުށަހަޅައިފި އެވެ.

ކުޅުދުއްފުށީ ގުޑްލަކް، އަހުމަދު މުޖުތަބާއަކީ އެމްއާރުޑީސީ ކުޅުދުއްފުށީ ސައިޓްގެ އެސިސްޓެންޓް މެނޭޖަރެވެ. އޭނާ ހަވާލުވެ ހުންނަވަނީ ހަނިމާދޫ ސައިޓާ އެވެ.

އޭސީސީއަށް ހުށަހަޅާފައިވާ އެމައްސަލާގައި ބުނެފައިވަނީ މުޖުތަބާ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އެމްއާރުޑީސީގެ ވެހިކަލުތަކަށް ގެއްލުންވާ ގޮތަށް ކަމާ ގުޅުން ނެތް އެހެން މަސައްކަތްތަށް ކުރަން ދޫކޮށްފައިވާ ކަމަށެވެ.

އެފަދަ މައްސަލައެއް ހުށަހެޅިފައިވާކަން ކޭއޯއަށް އޭސީސީއިން ވަނީ ކަށަވަރުކޮށްދީފައި އެވެ. އޭސީސީން ބުނީ އެފަދަ މައްސަލައެއް ހުށަހަޅާފައިވާ ކަމަށާއި މިހާރު އެ މައްސަލަ އިވެލްވޭޓްކުރަމުންދާ ކަމަށެވެ.

މިކަމާ ގުޅިގެން އަހުމަދު މުޖުތަބާގެ ބަހެއް ހޯދާލުމަށް ގުޅާލުން ވިދާޅުވީ އެފަދަ މައްސަލައެއް ހުށަހެޅިފައިވާކަން އެނގިލައްވާފައިނުވާ ކަމަށެވެ.

” ނަހަމަގޮތުގައި މުވައްޒަފަކުވެސް ބޭނުންކޮށްފައެއް ނޯނާނެ. އަދި އަޅުގަނޑު ހުރެގެން ނަހަމަގޮތުގައި ވެލިކަލެއްވެސް ބޭނުންކޮށްފައެއް ނުވާނެ ” މުޖުތަބާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަގާމުގެ ބާރު ނަހަމަގޮތުގައި ބޭނުންކޮށްގެން ބަލާނެ އެއްވެސް މައްސަލައެއް ނޯންނާނެ ކަމަށާއި އެފަދަ އަމަލެއް ހިންގާފައިވެސް ނުވާނެ ކަމަށެވެ. އަދި ކުރިއަށް އޮތްތާނގައިވެސް އެފަދަ އަމަލެއް ނުހިންގާނެ ކަމަށް މުޖުތަބާ ވިދާޅުވި އެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355