ކުޅުދުއްފުށީގައި ހިއްކާފައި އޮތް ވެލިގަނޑުގައި އެމްޑީޕީއިން ނަގާފައިހުރި ބޮޑު ދިދަ ތިރިކޮށްފި އެވެ. ބޮޑު ދިދަ ތިރިކޮށްފައިވަނީ ރޭގެ 12 ޖެހިއިރު އެމްޑީޕީގެ އޮފިޝަލުންނެވެ.
ދިދަ ތިރިކުރަން ފުލުހުން އެންގީ 20 ފޫޓަށްވުރެ އުސްވީމަ ކަމަށާއި އެގޮތަށް އަންގާފައިވަނީ ގައުމީ ދިދައަށް ވުރެ އުސްކޮށް އެެހެން އެއްވެސް ދިދައެއް ނެގުމަކީ މަނާކަމެއްކަމަށްވާތީ ކަމަށެވެ.
ދިދަ ތިރިކުރަން 7 ދުވަހުގެ މުހުލަތެއް އެމްޑީޕީއަށް ދިންއިރު 7 ވަނަ ދުވަސް ހަމަވާނީ ރޭގެ މެންދަމު 12 އަށެވެ.
89 ފޫޓް އުސް، މިދިދަ ނަގާފައިވަނީ މިއަހަރުގެ ބޮޑު އީދުގެ ފުރަތަމަ ދުވަހު އެވެ. ދިދަ ތިރިކުރަން އަންގާފައިވާއިރު މިމަހު 12 ވަނަ ދުވަހު ރައީސް ޔާމީން ވަނީ ކުޅުދުއްފުއްޓަށް ވަޑައިގަތުމަށް ހަމަޖެހިފައި އެވެ.