twitterviber whatsapp telegramfacebookyoutube instagram
23rd April 2024

ރައީސް ވަޑައިގަންނަވާތީ ކުޅުދުއްފުށީ މަގުތަށް ސާފުކުރަނީ

Nov 8, 2017

މިމަހުގެ 12 ދުވަހު ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީން ކުޅުދުއްފުއްޓަށް ވަޑައިގަތުމަށް ހަމަޖެހިފައިވާތީ ރަށުގެ މަގުތަށް ފޮޅައި ސާފުކުރުމުގެ މަސައްކަތް ފަށައިގެން ކުރިއަށް އެބަދެ އެވެ.

މިމަސައްކަތުގައި ހަރަކާތްތެރިވަނީ ހައުންސިންގ މިނިސްޓްރީގެ ދަށުން ހިންގާ ކުޅުދުއްފުށީ ޕަބުލިކް ވޯކްސްގެ މުވައްޒަފުންނެވެ. އެގޮތުން އަމީނީމަގުގައި ހުރި ވެލިތަށް ފޮޅައި ނެގުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުންނެވެ. އަދި އަމީނީމަގުގައި ހުރި ވިނަ ފަދަ ތަކެތި ނޮޅައި ސާފުކުރުމުގެ މަސައްކަތުގައި އެމްއާރުޑީސީގެ މުވައްޒަފުން ހަރަކާތްތެރިވަނިކޮށްވެސް ފެނިފައިވެ އެވެ.

އަދި ބައެއް ބޮޑެތި މަގުތަކަށް ވެލިއަޅައި ފަސްގަނޑު އެއްވަރުކުރުމުގެ މަސައްކަތްވެސްދަނީ ކުރަމުންނެވެ. އެގޮތުން އެތަށް ދުވަހެއް ވަންދެން ނަހަދަ އޮތް ބަނދަރުމަގުވެސް ވަނީ ފަސްގަނޑު އެއްވަރުކޮށް ސާފުކޮށްފަ އެވެ. ކުޅުދުއްފުށީ ކައުންސިލުންވެސް ވަނީ ގޭބިސީތަކުގެ ކައިރީގައި ފަޅާފައި ހުރި ވިނަތަށް ނަގައި ސާފުކުރުމަށް ނަސޭހަތްތެރިވެފަ އެވެ.

ކުޅުދުއްފުށީ އެއާޕޯޓް އަޅައި ސަރަހައްދުގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވުމަށް ރައީސުލް ޖުމްހޫރިއްޔާ ކުޅުދުއްފުއްޓަށް ވަޑައިގަންނަވަން ހަމަޖެހިފައިވާއިރު އެދަތުރުފުޅުގައި ދައުލަތުގެ ގިނަ އަދަދެއްގެ މިނިސްޓަރުންނާއި މުވައްސަސާތަކުގެ ވެރިން ބައިވެރިވާނެކަމަށް މައުލޫމާތު ލިބެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355