twitterviber whatsapp telegramfacebookyoutube instagram
24th April 2024

ކުޅުދުއްފުށީ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް އާދިއްތަ ދުވަހު އަލުން ފަށަނީ

Nov 10, 2017

ކުޅުދުއްފުށި މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް މެދުކެނޑިފައި އޮތުމަށްފަހު އަންނަ އާދިއްތަ ދުވަހު އަލުން ތާރު އަޅަން ފަށާނެކަމަށް  މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެމްއާރްޑީސީން ހާމަކޮށްފިއެވެ. އެމްއާރުޑީސީން ކުރިންވެސް ވިދާޅުވެފައިވަނީ ހުއްޓިފައިވަނީ ތާރުއެޅުމުގެ މަސައްކަތް އެކަނި ކަމަށެވެ. މަގުހެދުމުގެ އެހެން މަސައްކަތްތަށް އެއިރުވެސް ހުއްޓުމެއް ނެތި ދިޔައީ ކުރިއަށެވެ.

އެމްއާރުޑީސީގެ މީޑިއާ އޮފިޝަލު އޭރުވެސް ވިދާޅުވެފައިވަނީ މަގުހެދުމުގެ މަސައްކަތް ހުއްޓުނީ ޓެކްނިކަލް މައްސަލައެއް ދިމާވެގެން ކަމަށާއި މައްސަލަ ހައްލުވިހާ އަވަހަކަށް މަސައްކަތް ފަށާނެކަމަށެވެ. މިއަދު މަސައްކަތް ފެށިފައިވާއިރު ތާރުއެޅުމުގެ  މަސައްކަތް އާދިއްތަދުވަހު ފަށާނެކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އެރަށު މަގުތަކުގައި ތާރު އެޅުން މެދު ކަނޑާލިއެރު ތާރު އެޅުމުގެ މަސައްކަތް ކުރަމުންދިޔައީ ކަނބޯރަނި ހިނގުމުގައި ކަމަށް އެމްއާރްޑީސީން މައުލޫމާތުދެއެވެ. ކުޅުދުއްފުށީގެ 18 މަގެއް ތާރު އަޅާ ޒަމާނީ ފެންވަރަށް ހެދުމަށް ވަނީ ނިންމާފައިއެވެ. މި 18 މަގުގެ ތެރެއިން މިހާރު ވަނީ ހަތަރު މަގެއްގައި ތާރު އަޅާ ނިންމާފައެވެ. އެއީ އެރަށު ފަނޑިޔާރު މަގާއި، މަރުކަޒުމަގުގެ އިތުރުން މަގާން މަގާއި، ނިކަގަސް މަގެއެވެ.

ބާރަ ހާހަށްވުރެ ބޮޑު އާބާދީއެއް އޮންނަ ކުޅުދުއްފުށީ މަގުތަކުގައި ތާރު އަޅަން ފަށާފައިވަނީ މި އަހަރުގެ އޮގަސްޓު މަހުގެ އެއްތިރީސް ވަނަ ދުވަހުއެވެ. ކުޅުދުއްފުށީ މަގުތައް ރަނގަޅު ފެންވަރެއްގައި ހެދުމުގެ މަޝްރޫއުއަށް ފަސްދޮޅަސް މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުވާނެކަމަށް އެކުންފުނިން ބުނެ އެވެ.

ކުޅުދުއްފުށީގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަކަމުގައިވާ ވިއްސާރަމޫސުމުގައި މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލައަށް ހަލެއް ލިބިގެންދާނެކަމަށް އެމްއާރުޑީސީ ބުނެ އެވެ. އެމްއާރުޑީސީ ބުނީ މިމަގުތައް ހަދާ ނިމުން ރައްޔިތުންނަށް ލުއި ފަސޭހަތަކެއްވެގެންދާނެ ކަމަށާއި  މިމަގުތައް ހަދައި ނިމުން ތަރައްޤީގޮތުން ބެލިގަމުގައިވިޔަސް ކުޅުދުއްފުޓަށް ބޮޑު ބަދަލެއް އަންނާނެކަމަށް ބެލެވޭ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355