twitterviber whatsapp telegramfacebookyoutube instagram
3rd June 2026

މަހާ ޖައްރާފަށް ކުޅުދުއްފުށީ އަންހެންވެރިން ފަރިވަޅުލަނީ

Nov 11, 2017

އެއާރޕޯޓު އެޅުމަޓަކައި ކުޅުދުއްފުށި ކުޅި ހިއްކުމަށް ހަވާލުކޮށްފައިވާ އެމްޓީސީސީގެ މާހާ ޖައްރާފަށް މިއަދު ކުޅުދުއްފުށީ ރައްޔިތުންގެ ފަރާތުން ފަރިވަޅުލުމެއް ދިނުމަށް ހަމަޖެހިއްޖެއެވެ.

މިއަދު ހަވީރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ހަރަކާތުގައި ވީހާވެސް ގިނަ އަންހެން ކަނބަލުން ބައިވެރިވުމަށް މި ހަރަކާތް ރޭވުމުގައި އިސްކޮށްއުޅޭ ފަރާތްތަކުން އެދޭއިރު ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ޝަހީދު ހުސެއިން އާދަމް މައިޒާނަށް އެއްވުމަށް ވަނީ އަންގާފަ އެވެ.

ފަރިވަޅުލުން ފެށުމަށް ހަމަޖެހިފައިވަނީ ކުޅުދުއްފުށީ ހިއްކި ބިމުގައި އަޅާފައިވާ ހަޓު ސަރަހައްދުންނެވެ.

އެއާޕޯޓްގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށާ އެއާޕޯޓްގެ ބިންގާ އެޅުމަށް މާދަމާ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން ކުޅުދުއްފުއްޓަށް ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު އެކަމަށްޓަކައި ކުޅުދުއްފުށި ދަނީ ބޮޑެތި ތައްޔާރީތަކެއް ވަމުންނެވެ.

މީގެ އިތުރުން “އުދުހޭ” ނަމުގައި ބާއްވާ ޕީޕީއެމްގެ 6 ވަނަ އަހަރީ ޖަލްސާވެސް މާދަމާ ރޭ ކުޅުދުއްފުށީގައި އޮންނާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355