twitterviber whatsapp telegramfacebookyoutube instagram
29th March 2024

ކުޅުދުއްފުށީގައި ގާއިމުކުރާ ފުޅީގައި ފެން ބަންދުކުރުމުގެ ކާރުހާނާގެ އަމަލީ މަސައްކަތް ފަށައިފި

Nov 12, 2017

ކުޅުދުއްފުށީގައި ގާއިމުކުރާ ފުޅީގައި ފެން ބަންދުކުރުމުގެ ކާރުހާނާގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފި އެވެ.

އައިލެންޑް ބެވަރެޖަސް މޯލްޑިވްސްއިން ކުޅުދުއްފުށީގައި ގާއިމުކުރާ ފުޅީގައި ފެން ބަންދުކުރުމުގެ ކާރުހާނާގެ އަމަލީ މަސައްކަތް ރަސްމީކޮށް މިއަދު ފަށައިފި އެވެ.

ކުޅުދުއްފުށީ އެމްޑަބުލިއުއެސްސީ އޮފީސް އިމާރާތްކުރިމަތީގައި ދެންމެ ބޭއްވި ރަސްމިއްޔާތުގައި މިކާރުހާނާގެ އަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ހައުންސިންގ މިނިސްޓަރު ޑރ މުހައްމަދު މުއިއްޒެވެ.

މިރަސްމިއްޔާތުގައި އެމްޑަބުލިއެސީގެ އެމްޑީ ފަޒުލް ވާހަކަދައްކަވަނީ–

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޑަބުލިއުއެސްސީގެ މެނޭޖިންގ ޑައިރެކްޓަރ އިބުރާހިމް ފަޒުލް ވިދާޅުވީ މިކާރުހާނާގެ ސަބަބުން މިސަރަހައްދުގެ ރައްޔިތުންނަށް ފަސޭހަކަމާއި އަގުހެޔޮކޮށް ފުޅީގައި ބަންދުކުރި ފެން ލިބިގެންދާނެ ކަމަށެވެ. ރައީސްގެ އިސްނެންގެވުމުގެ މަތިން ކުރައްވާކަމެއްކަން ފާހަގަކުރައްވަމުން ފަޒުލް ވިދާޅުވީ މިމަޝްރޫއުގެ ސަބަބުން ވަޒީފާތަކެއް އުފެދި އިތުރު ފުރުސަތުތަކެއްވެސް ކުޅުދުއްފުއްޓާއި ސަރަހައްދުގެ ރައްޔިތުންނަށް ލިބިގެންދާނެކަމަށެވެ.

މި ބޮޓަލިން ކާރުހާނާ އަންނަ އަހަރުގެ ދެވަނަ ކުއާޓާރގައި ނިންމާ ހިދުމަތް ލިބިގެންދާއިރު ފުރަތަމަ ފިޔަވަހީގެ ތެރެއިން މިތަނުން 330 އެމްއެލް، 500 އެމްއެލް، 1.5 އެމްއެލްގެ ފެން ފުޅީގައި ބަންދުކުރެވިގެންދާނެ އެވެ. މިކާރުހާނާއިން ގަޑިއިރަކު 10،000 ފެންފުޅި އުއްފެދުމުގެ ގާބިލުކަން ލިބިފައިވާކަމަށް ފަޒުލް ވިދާޅުވި އެވެ.

މިރަސްމިއްޔާތުގައި މިނިސްޓަރ މުއިއްޒު ވާހަކަދައްކަވަނީ–

އަދި ނަތީޖާއާ ބަލާފަށް އަންނަ އަހަރު ފަސް ލީޓަރުގެ ފެންފުޅި ބަންދުކުރެވޭނެ ނިޒާމެއް ގާއިމުކުރެވިގެންދާނެ ކަމަށާއި އެނިޒާމުގެ ދަށުން ގަޑިއިރަކަށް 20000 ފެންފުޅި އުފައްދާނެ އެވެ. ފަސް ލީޓަރުން ފެންފުޅީގައި ބަންދުކުރުން އަންނަ އަހަރުގެ ތިންވަނަ ކުއާޓާރގައި ފަށާނެކަމަށް ފަޒުލް ވިދާޅުވި އެވެ.

މިމަސައްކަތް ފަށާގަންވެސް 15 އާއި 20 ދެމެދުގެ ވަޒީފާ އުފެދިގެންދާނެ އެވެ. އޭނާ ވިދާޅުވީ ޑިސްޓިބިއުޝަން ނެޓްވޯކެއް ގާއިމުކޮށް އަތޮޅުތެރެއަށް ފުޅާކުރުމުގެ ވިސްނުން ގެންގުޅޭ ކަމަށެވެ.

މި ޕްރޮޖެކްޓަށް ޖުމްލަ 30 މިލިއަން ރުފިޔާ އައިބީއެމްގެ ބަޖެޓުން ހަރަދު ކުރަން ވަނީ ނިންމާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355