twitterviber whatsapp telegramfacebookyoutube instagram
12th June 2025
ADVERTISEMENT

 “ފިޔާތޮށި” ކުލައިގެ ބެނާ ދެމުމުގައި ކުންފުނިތަކުގެ މުވައްޒަފުން

Nov 12, 2017

ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީން މިއަދު ކުޅުދުއްފުއްޓަށް ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު ސަރުކާރު ނިސްބަތްވާ ޕީޕީއެމް ކުލައިގެ ބެނާތަށް ދެމުމުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުން ހަރަކާތްތެރިވަމުން އެބަދެ އެވެ.

އެގޮތުން ބަނދަރު ސަރަހައްދުގައި ޒީނަތްތެރިކުރުމުގައި ފިޔާތޮށިކުލައިގެން ބެނާއާއި ޕީޕީއެމްގެ ދިދަ ދެމުމުގައި ސަރުކާރު ބައެއް ކުންފުނިތަކުގެ ވެހިކަލުތަކާއި މުވައްޒަފުން ހަރަކާތްތެރިވަމުންދާ މަންޒަރު ވަނީ ފެނިފަ އެވެ.

އެއާޕޯޓް މަޝްރޫއުގެ ބިން ހިއްކުމުގެ ރަސްމިއްޔާތު ފައްޓަވައިދެއްވުމަށް މިއަދު ހަވީރު ރައީސް މިރަށަށް ވަޑައިގަތުމަށް ހަމެޖެހިފައިވާއިރު ބަނދަރު ސަރަހައްދު ބޮޑަށް ޒީނަތްތެރިކޮށްފައިވަނީ ގައުމީ ކުލަތަކުގެ ބަދަލުގައި ފިޔާތޮށިކުލައިންނާއި ޕީޕީއެމް ދިދަ އިންނެވެ.

“ފިޔާތޮށި” ކުލަގެ ބެނާ ޖެހުމުގެ މަސައްކަތުގައި ސަރުކާރު ކުންފުންޏެއްގެ 2 މުވައްޒަފަކު ހަރަކާތްތެރިވަނީ–

މިހަރަކާތްތަކުގައި އުޅޭ ސަރުކާރުގެ ބައެއް މުވައްޒަފުންނާ ވާހަކަ ދައްކާލުމުން ބުނީ މިއީ ވެރިން އަންގައިގެން ކުރާ ކަމެއް ކަމަށެވެ. ޕީޕީއެމްގެ ދިދަ ދެމުމުގެ އިތުރުން އެޕާޓީގެ އަހަރީ ޖަލްސާ ބާއްވާ ސްޓޭޖް އެޅުމުގައިވެސް ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން ހަރަކާތްތެރިވަމުންދާ މަންޒަރު ފެނެ އެވެ.

ނަން
ކޮމެންޓް
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355
mail@kulhudhuffushi.com