twitterviber whatsapp telegramfacebookyoutube instagram
18th March 2026

ރައީސް ކުޅުދުއްފުއްޓަށް ވަޑައިގެން ހުންނަވާނީ ކާނިވަލް ގެސްޓްހައުސްގަ

Nov 12, 2017

ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީން މިއަދު ހަވީރު ކުޅުދުއްފުއްޓަށް ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު އެމަނިކުފާނު މަޑުކުރައްވަން ހަމަޖެހިފައިވަނީ ކާނިވަލް ގެސްޓް ހައުސްގައި ކަމަށް މައުލޫމާތު ލިބިއްޖެ އެވެ.

ރައީސް ޔާމީން ކުޅުދުއްފުއްޓަށް މިއަދު ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އެއާޕޯޓް ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފައްޓަވއިދެއްވުމަށެވެ. އަދި މިރޭ ޕީޕީއެމްގެ 6 ވަނަ އަހަރީ ޖަލްސާވެސް ކުޅުދުއްފުށީގައި އޮންނާނެ އެވެ.

ރައީސް ޔާމީން ކާނިވަލް ގެސްޓްހައުސްގައި މަޑުކުރުމަށް ހަމަޖެހިފައިވާއިރު އެސަރަހައްދުގެ މަގުތަކަށް ވަނީ ދޮންވެލި އަޅައި ރީތިކޮށްފަ އެވެ.

ރައީސް މައުމޫނުގެ ވެރިކަމުގައި އެމަނިކުފާނު ކުޅުދުއްފުއްޓަށް ވަޑައިގެން ހުންނަވަނީ އަތޮޅުގޭގައި ހުންނަ މަރިޔާދުގޭގައި އެވެ. ނަމަވެސް ރައީސް ނަޝީދުވެސް ހުންނެވީ ގެސްޓްހައުސެއްގަ އެވެ.

ރައީސްގެ ދަތުރުފުޅާ ގުޅިގެން މިހާރުވެސް ގިނަ އަދަދެއްގެ މަޖިލިސް މެމްބަރުންނާއި ބައެއް ވަޒީރުން އަދި ސަރުކާރުގެ ގިނަ އަދަދެއްގެ މުވައްޒަފުން ވަނީ ކުޅުދުއްފުއްޓަށް ވަޑައިގަންފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355