twitterviber whatsapp telegramfacebookyoutube instagram
19th April 2024

ކުޅުދުއްފުށީ ފަރިވަޅުލުމަށް މުއިއްޒު ތައުރީފު އޮއްސާލައިފި

Nov 12, 2017

ކުޅުދުއްފުށީގައި އިއްޔެ ކުރިއަށްގެންދިޔަ ފަރިވަޅު ހަރަކާތަކީ މީގެން ކުރިން އެއްވެސް ރަށަކުން އެއްވެސް އިރެއްގައި ފެނުނު މަންޒަރެއް ނޫންކަމަށް ވިދާޅުވެ އެ ހަރަކާތްތަށް މިނިސްޓަރު މުހައްމަދު މުއިއްޒު ތައުރީފުކުރައްވައިފި އެވެ.

“އިއްޔެ ހަވީރުގެ ވަގުތެއްގައި މިރަށުގެ ރައްޔިތުންގެ ކިބައިން ފެނިގެން މިދިޔަ ދުވަހަކުވެސް އެއްވެސް ރަށަކުން އެއްވެސް އިރަކު ދެކުނު، ދުށް ކަހަލަ މަންޒަރެއް ނޫން. އެތައް ސަތޭކަ އަންހެން ކަނބަލުންތަކެއް އެތައް ސަތޭހަ، އެތައް ހާސް ރައްޔިތުންތަކެއް ގުޅިގެން ކުރި މަސައްކަތެއްގެ ނަތީޖާއެއް ” މިނިސްޓަރު މުއިއްޒު ވިދާޅުވި އެވެ.

ކުޅުދުއްފުށީގައި ގާއިމުކުރާ ފުޅީގައި ފެން ބަންދުކުރުމުގެ ކާރުހާނާގެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ އެތަށް ހާސް ރައްޔިތުންތަކެއް ގުޅިގެން ކުރިއަށްގެންދިޔަ ފަރިވަޅުލުމުގެ ހަރަކާތުން ދައްކުވައިދިނީ ކުޅުދުއްފުށީ ރައްޔިތުން އެއާޕޯޓް އެޅުމަށްޓަކާ ބޭނުންވެފައިވާ ތިބި ވަރު ކަމަށެވެ. އަދި އެކަމަށްޓަކާ ރައީސް ޔާމީން ގެންގުޅުންވާ ސިޔާސަތު ގަބޫލުކުރައްވައި، ކުޅުދުއްފުށީ ރައްޔިތުން ތިބީ ތަރައްގީއަށް ފެންބޮވައިގެންފައިވާ މިންވަރު ކަމަށެވެ.

އެފަދަ ހަރަކާތަކުން އެނގިގެންދަނީ ކުޅުދުއްފުށީގެ ރައްޔިތުން ތަރައްގީ އުފަލާއެކު ބަލާގަންނަކަން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ކުޅުދުއްފުށީ ހޮސްޕިޓާ ޓާޝަރީ ފެންވަރަށް ތަރައްގީކުރުމުގެ ބޮޑު މަޝްރޫއުއެއް ފެށިގެންދާކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ އެމަޝްރޫއު ނިމުމުން ސަރަހައްދީގޮތެއްގައި އެންމެ ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް ކުޅުދުއްފުށިން ލިބިގެންދާނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355