twitterviber whatsapp telegramfacebookyoutube instagram
26th April 2024

ވަރުގަދަ ސެކިއުރިޓީއާއެކު ރައީސް ކުޅުދުއްފުއްޓަށް ވަޑައިގެންފި

Nov 12, 2017

ކުޅުދުއްފުށީ އެއާޕޯޓް އަޅަން ހަމަޖެހިފައިވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވުމަށް ދާދި ދެންމެއަކު ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމް މިރަށަކަށް ވަޑައިގެންފި އެވެ. ރައީސް ކުޅުދުއްފުއްޓަށް ވަޑައިގެންނެވިއިރު އެސަރަހައްދު ސެކިއުރިޓީ ވަނީ ވަރަށް ވަރުގަދަކޮށްފަ އެވެ.

މިހަރަކާތް ކަވަރުކުރަމުންދާ ކޭއޯގެ ސީނިއަރ ޖާނަލިސްޓް ހަދީޖާ އާދަމް ވިދާޅުވީ ރައީސަށް ކުޅުދުއްފުށިން ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައިވާ ކަމަށެވެ. އެގޮތުން ބަނދަރު ސަރަހައްދަށް އެތަށް ސަތޭކަ ރައްޔިތުން ޖަމާވެފައިވާ ކަމަށެވެ.

 

ރައީސް ޔާމިންއަށް މަރުހަބާ ދަންނަވަން ވަންނަ ސަރަހައްދުގައި ސިފައިން ފާސްކުރަނީ–

ބަނދަރު ސަރަހައްދުން ފެށިގެން އެސަރަހައްދުގައި ހުންނަ މަސްޖިދުލް ފިރުދައުސްއާ ހަމައަށް ގިނަ އަދަދެއްގެ ރައްޔިތުން ތިބިކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ ރައީސްއަށް މަރުހަބާ ދެންނެވުމަށް އެކި އުމުރުފުރާގެ އެތަށް ރައްޔިތުންތަކެއް ތިބި ކަމަށެވެ. އަދި އެސަރަހައްދު ވަރަށް ބޮޑަށް ޒީނަތްތެރިކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ބަނދަރު ސަރަހައްދުގައި ސިފައިންނާއި ފުލުހުން ފޯރިމަރަނީ–

ކޭއޯގެ ސީނިއާ ޖާނަލިސްޓް ހަދީޖާ އާދަމް މައުލޫމާތު ދޭގޮތުގައި މުޅި ސަރަހައްދުގެ ސެކިއުރީވެސް ވަރަށް ވަރުގަދަކޮށްފައިވާ ކަމަށެވެ. އެގޮތުން އެސަރަހައްދަށް ވަދެވޭނީވެސް ފާސްކޮށް،މެޓަލް ޑިޓެކްޓިވް ދޮރުން ކަމަށެވެ. އަދި ހަތިޔާރާއެކު ސިފައިންވެސް ހަރަކާތްތެރިވަމުންދާ ކަމަށެވެ.

ކުޅުދުއްފުއްޓަށް ރައީސް ވަޑައިގަތުމުން ރައްޔިތުން އެމަނިކުފާނަށް މަރުހަބާ ދަންނަވަނީ–

މިއީ ފަހުގެ ތާރީހެއްގައި ރައީސަކު މިހާ ސެކިއުރިޓީ ވަރުގަދަކޮށް ކުޅުދުއްފުއްޓަށް ވަޑައިގެންނެވި ފަހަރެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355