twitterviber whatsapp telegramfacebookyoutube instagram
22nd July 2025

ކުޅުދުއްފުށީ އެއާޕޯޓް ބިން ހިއްކުމުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި

Nov 12, 2017

ކުޅުދުއްފުށީގައި އެއާޕޯޓް އަޅައި ސަރަހައްދުގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީން ދެންމެން ފައްޓަވައިދެއްވައިފި އެވެ.

މަހާޖައްރާފު އަދި މި މަޝްރޫއު ފައްޓަވައިދެއްވުމަށް ރައީސް ޔާމީން މިއަދު ކުޅުދުއްފުއްޓަށް ވަޑައިގަތުމުން އެމަނިކުފާނަށް ވަނީ ހޫނު މަރުހަބާއެއް ދަންނަވާފަ އެވެ.

ކުޅުދުއްފުށީގައި އެއާޕޯޓެއް ތަރައްގީކުރުމަކީ ރައީސް ޔާމީންގެ ރިޔާސީ ވައުދުފުޅެކެވެ. ކުޅުދުއްފުށީގައި އެއާޕޯޓް ހަދަނީ 15 ހެކްޓަރުގެ ބިން ހިއްކައިގެންނެވެ. އެއީ ކުޅިން 9 ހެކްޓަރު ބިމާއި މޫދުން 6 ހެކްޓަރުގެ ބިން ކަމަށެވެ.

ކުޅުދުއްފުށީ އެއާޕޯޓް ބިން ހިއްކުމުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވަނީ–

އެމްޓީސީސީ އިން 36 މިލިއަން ޑޮލަރު ހަރަދުކޮށްގެން ހަދާފައިވަ ޑްރެޖަރު ބަނދެފައި ވަނީ އައިއެޗްސީއާ ހަވާލުކޮށްގެން ޗައިނާގެ ނަންޓޮން ރެއިންބޯ މެރިން ޓެކްނޮލޮޖީ ބޯޓު ޔާޑުގަ އެވެ.

ޖެނުއަރީ މަހުގެ ތެރޭގައި މޫދަށް ބާލާފައިވާ މި ކޮންނަ ބޯޓުގެ ދިނުމުގައި 92.95 މީޓަރު އަދި ފުޅާމީނުގައި 16.30 މީޓަރު ހުރެ އެވެ. އަދި 50 މީޓަރުގެ އަޑިން ވެލި ނެގުމުގެ ގާބިލްކަން ލިބިފައިވާއިރު ބޯޓަށް އެއްފަހަރާ 3700 ކިއުބިކް މީޓަރުގެ ވެލި ބަރު ކުރެވެ އެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355