twitterviber whatsapp telegramfacebookyoutube instagram
20th April 2024

ކުޅުދުއްފުށިން ބިން ހިއްކަނީ އެއާޕޯޓެއް އަޅަން، އަންނަ އަހަރު ނިންމާލެވޭނެ: ޒަމީރު

Nov 12, 2017

ކުޅުދުއްފުށިން ބިން ހިއްކަނީ އެއާޕޯޓް އަޅަން ކަމަށާއި އެމަސައްކަތް އަންނަ އަހަރުގެ މެދެއްހާ ހިސާބުގައި ނިންމާލެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ. ބިން ހިއްކުމަށް ފަހު އެއާޕޯޓެއް ނާޅާނެކަމަށް ބައެއް ފަރާތްތަކުން ދައްކާ ވާހަކައަށް ރައްދުދެއްވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ ބިން ހިއްކަނީ އެއާޕޯޓް ހަދަން ކަމަށާއި މިމަސައްކަތްތަކީ ހައުންސިންގ މިނިސްޓްރީން ކުރަމުންގެންދާ މަސައްކަތެއް ނޫން ކަމަށާއި މިއީ ރީޖަނަލް އެއާޕޯޓްސް ބަޖެޓް ހިންގާ މަޝްރޫއުއެއް ކަމަށެވެ.

ކުޅުދުއްފުށީ އެއާޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކުމަށް މިއަދު ހަވީރު މި ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ އެއްމަސް ދުވަހުގެ ތެރޭގައި ބިން ހިއްކާނިންމާލެވޭނެ ކަމަށާއި އެމަސައްކަތް ނިމުމުން ރަންވޭގެ މަސައްކަތް ފަށައިގަނެވޭނެ ކަމަށެވެ. އަދި މިހާރުވެސް އެކަމުގެ ތައްޔާރީތައް ވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ޒަމީރު ވިދާޅުވީ ޝެޑިއުލްކޮށްފައިވާ ގޮތަށް މަސައްކަތް ކުރިއަށްދާ ނަމަ 2018 އަހަރުގެ މެދުތެރޭގައި މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.

ކުޅުދުއްފުށީ އެއާޕޯޓުގައި 1200 މީޓަރުގެ ރަންވޭއެއް އެޅުމަށް ނިންމާފައިވާއިރު، ރާއްޖޭގެ އެހެން ޑޮމެސްޓިކް އެއާޕޯޓްތަކުން ލިބޭ ޚިދުމަތް އެ އެއާޕޯޓުން ވެސް ލިބޭނެ ކަމަށް މިނިސްޓަރު ޒަމީރު ފާހަގަކުރެއްވި އެވެ.

އެއާޕޯޓު އެޅުމަށް ކުޅުދުއްފުށީ ކުޅި ހިއްކާތީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުން ދާއިރު ޒަމީރު ވިދާޅުވީ ކުޅިން ހިއްކަނީ 30 ޕަސެންޓް ކަމަށާއި ބާކީ 70 ޕަސެންޓް ރައްޔިތުންނަށް ލާބަ ލިބޭ މަސައްކަތް ކުރުމަށް އޮންނާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ކުޅުދުއްފުށީގެ ބިންހިއްކުމުގެ މަޝްރޫއުއަށް ފަހު ދެން މަހާޖައްރާފު ދަނީ ށ ފުނަދޫ އެއާޕޯޓްގެ ބިން ހިއްކުމަކަށެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355