twitterviber whatsapp telegramfacebookyoutube instagram
26th April 2024

އަންނަ އަހަރުގެ ބަޖެޓް ލަފާކޮށް މަޖިލީހަށް ހުށައަޅައިފި

Nov 15, 2017

އަންނަ އަހަރަށް ލަފާކޮށް، 27.9 ބިލިއަން ރުފިޔާގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވީ އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓަކީ ރައްޔިތުންގެ އުއްމީދުތަކާއި ގުޅިފައިވާ ބަޖެޓެއްކަމަށާއި އަދި އެއީ ރައްޔިތުން ބޭނުންވާ ހިދުމަތްތަކަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ބާރުއަޅާފައިވާ ބަޖެޓެއްކަމަށެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ޖުމްލައަކީ ހަތާވީސް ބިލިއަން، ނުވަސަތޭކަ ފަސްދޮޅަސް ހަ މިލިއަން، ތިން ލައްކަ ތިން ހާސް، ނުވަ ސަތޭކަ ފަސްދޮޅަސް އަށްރުފިޔާއެވެ.

ޖުމްލަ ބަޖެޓުގެ ތެރެއިން ހަރަދުގެ ގޮތުގައި ބެލެވެނީ 24.9 ބިލިއަން ރުފިޔާއެވެ. އަންނަ އަހަރު އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 22.4 ބިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކުރެވޭކަމަށާއި އަދި އަންނަ އަހަރުގެ ބަޖެޓު ޑެފިސިޓްވާނީ 2.5 ބިލިއަން ރުފިޔާކަމަށާއި މީ ޖީޑީޕީގެ ނިސްބަތުން 3.2 އިންސައްތަކަމަށްވެސް ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ.

އަދި ރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަމުން ބޮލަކަށް ޖެހޭ ނިސްބަތް މި 4 އަހަރުގެ ތެރޭގައި ވަރަށް ބޮޑުތަން އިތުރުކުރެވި، 2018 ވަނަ އަހަރު ނިމޭ އިރު 10,300 ޑޮލަރަށް އަރާނެކަމަށް ވެސް މިނިސްޓަރ އަހުމަދު ވިދާޅުވިއެވެ.

އަންނަ އަހަރުގެ ބަޖެޓުން ކެޕިޓަލް ހަރަދުގެ ގޮތުގައި 11.9 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު ކެޕިޓަލް ހަރަދުތަކުގެ ތެރެއިން އެންމެ ބޮޑު ބައެއް ހޭދަވަނީ ތަރައްގީގެ މަޝްރޫއުތަކަށެވެ. އަދި ކެޕިޓަލް ހަރަދުގެ ތެރެއިން 59 އިންސައްތަ ހަރަދުވާނީ ޕީއެސްޕީ ޕްރޮގްރާމްތަކަށެވެ.

މީގެ އިތުރުން ދައުލަތަށް ލިބޭނެކަމަށް ލަފާކުރާ އާމްދަނީގެ 16.3 ބިލިއަން ރުފިޔާއަކީ ޓެކުހުގެ ގޮތުގައި ލިބޭ ފައިސާއެވެ. ޓެކްސް ނޫންގޮތުގައި 5.2 ބިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކޮށްފައިވާއިރު އެހެނިހެން ފަނޑުތަކާއި ހިލޭ އެހީގެ ގޮތުގައި 858 މިލިއަން ރުފިޔާ ލިބޭނެކަމަށް ދައުލަތުން ލަފާކުރެއެވެ.

އަންނަ އަހަރުގެ ބަޖެޓުން 16.1 ބިލިއަން ރުފިޔާ ކަނޑައަޅާފައިވަނީ ރިކަރަންޓް ހަރަދުގެ ގޮތުގައެވެ. އެއީ މުޅި ބަޖެޓްގެ 57 އިންސައްތައެވެ. ރިކަރަންޓް ހަރަދުގެ އެންމެ ބޮޑު ބައެއް ހޭދަވާނީ މުސަރާއި ޕެންޝަނަށެވެ. މީ ރިކަރަންޓް ހަރަދުގެ 56 އިންސައްތައެވެ. ރިކަރަންޓް ހަރަދުގެ 23 އިންސައްތަ އާންމު ހިދުމަތްތައް ދިނުމަށް ހޭދަކުރާއިރު ލޯނުގެ ހިދުމަތަށް 9 އިންސައްތަ ހޭދަކުރާނެއެވެ. އަދި ސަރުކާރުން ދޭ އެހީއާއި ސަބްސިޑީޒްއަށް 12 އިންސައްތަ ހޭދަކުރުމަށް ނިންމާފައިވެއެވެ.

2017 ވަނަ އަހަރު ނިމޭއިރު ދައުލަތުގެ ރަސްމީ ރިޒާވްގައި ހުންނާނެ ކަމަށް ބެލެވެނީ 480 މިލިއަން އެމެރިކާ ޑޮލަރުގައި ކަމަށާއި މިއަދަދު އަންނަ އަހަރު ގާތްގަނޑަކަށް 600 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުވާނެކަމަށް ދައުލަތުން ލަފާކުރެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355