twitterviber whatsapp telegramfacebookyoutube instagram
27th April 2024

ރާއްޖޭގެ ހުރިހާ ސްކޫލްތައް ޑިޖިޓަލައިޒްކުރަން ނިންމައިފި

Nov 15, 2017

އަންނަ އަހަރު ރާއްޖޭގެ ހުރިހާ ސްކޫލްތައް ޑިޖިޓަލައިޒްކުރަން ސަރުކާރުން ނިންމައިފި އެވެ.

ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންނަށް ޓެބްލެޓް ހޯދައިދީ އަންނަ އަހަރު ރާއްޖޭގެ ހުރިހާ ސްކޫލްތައް ޑިޖިޓަލައިޒްކުރުމަށް ނިންމާ އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ހަތާވީސް ޕޮއިންޓް ނުވައެއް ބިލިއަން ރުފިޔާގެ ބެޖެޓް މަޖިލީހަށް ހުށައަޅުއްވަމުން ފިނޭންސް މިނިސްޓަރ އަހުމަދު މުނައްވަރު ވިދާޅުވީ އަންނަ އަހަރަކީ ތަޢުލީމީ ދާއިރާއަށް އިންޤިލާބީ ބަދަލެއް ގެންނާނެ އަހަރެއްކަމަށާއި އެ ބަދަލު އަންނާނީ ރާއްޖޭގެ ހުރިހާ ސްކޫލްތަކެއް ޑިޖިޓަލައިޒް ކުރުމުގެ މަޝްރޫޢާ، އާ މުޤައްރަރު ތަންފީޒުކުރުމުގެ މަސައްކަތް ނިންމައިގެންކަމަށެވެ

މި ކަންކަމަށް ބަޖެޓުގައި 154 މިލިއަން ރުފިޔާ ވަނީ ކަނޑަައަޅާފަ އެވެ.

ދަރިވަރުން ގެންދަންޖެހޭ ބަރު ފޮތް ދަބަސް ލުއި ޓެބްލެޓަކަށް ބަދަލުކުރެވިގެންދާއިރު ޔަވައިދިނުމާއި، ހޯމްވަރކް ދިނުމާއި، ކިލާހުގައި ކުދިންގެ ފެންވަރު ބެލުމުގެ ވައްޓަފާޅި ޒަމާނާ އެއް ހަމައަށް މި ބަދަލާއި އެކު އަންނާނެކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓަކީ މަތީ ތަޢުލީމުގެ ފުރުސަތުތައް އެތައް ގުނައެއް ބޮޑުކުރުމަށް ރޭވިފައިވާ ބަޖެޓެއްކަމަށާއި އެގޮތުން މަތީ ތަޢުލީމުގެ ފުރުސަތުތަކަށް 210 މިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓްގައި ވަނީ ކަނޑައަޅާފައި ވާ ކަމަށެވެ. އެގޮތުން މި ޢަދަދާއެކު އަންނަ އަހަރު ގިނަ ޢަދަދެއްގެ ކުދީންނަށް މަތީ ތަޢުލީމު ހާސިލުކުރުމަށް ސްކޮލަރޝިޕް ލިބޭނޭ މަގު ފަހިވެގެންދާނެކަމަށް ފިނޭންސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355