twitterviber whatsapp telegramfacebookyoutube instagram
24th April 2024

ނިމްސް ގުރޫޕުން އެއްބަސްވުމާ އެއްގޮތަށް ކުޅުދުއްފުށީ ހޮސްޕިޓާ ތަރައްގީއެއް ނުކުރޭ: ގަފޫރު

Nov 16, 2017

އިންޑިޔާގެ ނޫރުލް އިސްލާމް އިންޓަނޭޝަނަލް(އެންއައިއައި) އިން ކުޅުދުއްފުށީ ހޮސްޕިޓާ ޓާޝަރީ ފެންވަރަށް ތަރައްގީކުރަން ހަވާލުވިތާ ހަތަރު މަސް ވެގެންދިޔައިރުވެސް އެހޮސްޕިޓަލުގައި ގާއިމުކުރަން ޖެހޭ އެއްވެސް ހިދުމަތެއް ގާއިމްކުރެވިފައިވާނުވާކަމަށް ކުޅުދުއްފުށީ އުތުރުދާއިރާގެ މަޖިލިސް މެމްބަރު އަބުދުލް ޢަފޫރު މޫސާ ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓާ ގުޅޭ ގޮތުން ކުނޫޒުގައި ބަހުސް ކުރައްވަމުން ގަފޫރު ވިދާޅުވީ ވިދާޅުވީ ކުޅުދުއްފުށީގައި ދެ އަހަރުތެރޭގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލެއް އަޅާނަމޭ ސަރުކާރުން ބުނިނަމަވެސް އެކަން އެހެން ފެންނަމުން ނުދާ ކަމަށެވެ.

“ކުޅުދުއްފުށީގައި ދެ އަހަރުތެރޭގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލެއް އަޅާނަމޭ ބުނި. އިންޑިޔާގެ ނިމްސް ހޮސްޕިޓަލާއެކު އެގްރިމެންޓް ހަދާފައި އޮތީ މިހާރު ހަތަރުމަސް ވެގެންދިޔައިރު އެތަނުގައި ގާއިމުކުރަން ޖެހޭ އެއްވެސް ހިދުމަތެއް ގާއިމްކުރެވިފައިއެއް ނެތް.” އެމްޕީ ޢަފޫރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިންޑިޔާގެ ނިމްސް ހޮސްޕިޓަލު ހިންގާ ގުރޫޕުން ކުޅުދުއްފުށީ ހޮސްޕިޓަލާ ހަވާލުވެފައިވާއިރު އާސަންދަ މެދުވެރިކޮށް އެތަނުން ދޭން ނިންމާފައިވާ ހިދުމަތްތަކުގެ އަގު ކަނޑައަޅާފައިވަނީ އިންޑިޔާގެ އެންމެ އަގު ބޮޑެތި ހޮސްޕިޓަލުތަކުގެ އަގު ކަމަށެވެ.

 “އިންޑިޔާގައި އެންމެ އަގު ބޮޑެތި ހޮސްޕިޓަލުތަކުގައި އަގުގައި، އޭގެ މާނައަކީ ހާނިޔާ އޮޕަރޭޝަނެއްކުރަން އޭޑީކޭއިންނާއި އައިޖީއެމްއެޗުން 8000ރ – 9000ރ ކޮށްދޭ އޮޕަރޭޝަނެއް ކުޅުދުއްފުށީ ހޮސްޕިޓަލުން 40،000ރ އަށްށޭ ކުރެވޭނީ. ހުޅު ބަދަލުކުރުމަށް މާލެއިން 25،000ރ މިހާރު ވާކަމެއް ކުޅުދުއްފުށީ ހޮސްޕިޓަލުން ކުރަންޏާ އެއްލައްކަ ތިރީސްހާސް ރުފިޔާ ނަގާނެއޭ. އެގްރިމެންޓްގައި އެބަހުރި ލިޔެފައި އިނގޭތޯ” ގަފޫރު ވިދާޅުވި އެވެ.

އެއް އަހަރު ދުވަހުގެ ތެރޭގައި 120 މިލިއަން ޑޮލަރު އިންވެސްޓްކުރާނެ ކަމަށް ބުނެފައި ނިމްސް ގުރޫފުން ބުނެފައިވާކަމަށެވެ. ހަތަރުމަސް ތެރޭގައި އެމްއާރުއައި ބެހެއްޓުމާއި ކުދި އޮޕަރޭޝަންތަށް ކުރުމަށް ބެހެއްޓުމަށް ބޭނުންވާ މެޝިނަރީތަށްވެސް އެގްރިމެންޓްގައި ހިމެނިވީނަމަވެސް އެއިން އެއްވެސް ކަމެއް އެތަނުގައި ނުހިނގާކަމަށް އެމްޕީ ގަފޫރު ވިދާޅުވި އެވެ.

ގަފޫރު މިހެން ވިދާޅުވެފައިވީނަމަވެސް އެންއައިއައި އިން ކުޅުދުއްފުށީ ހޮސްޕިޓަލާ ހަވާލުވިފަހުން ބައެއް ހިދުމަތްތަށް ރަނގަޅުކުރުމަށްދަނީ މަސައްކަތްކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355