twitterviber whatsapp telegramfacebookyoutube instagram
24th April 2024

ޖަލާލުއްދީން ސްކޫލުގެ މަތީ ސާނަވީ އަދި ސާނަވީގެ ދަސްވެނިވުން ބާއްވައިފި

Nov 16, 2017

މި އަހަރުގެ ޖަލާލުއްދީން ސްކޫލުގެ ސާނަވީ އަދި މަތީ ސާނަވީ ދަރިވަރުންގެ ދަސްވެނިވުން ބާއްވައިފި އެވެ.

މިރޭ ޖަލާލުއްދިން ސްކޫލްގައި ބޭއްވި މި ރަސްމިއްޔާތުގެ މަތީ ސާނަވީން ދަސްވެނިވި ދަރިވަރުނަށް ސްކްރޯލް ހަވާލުކޮށްދެއްވީ ޖަލްސާގެ ޝަރަފުވެރި މެހެމާން އަފީފުއްދީން ސްކޫލްގެ ޕްރިންސިޕަލް ނާސިހާ އިދުރީސް އެވެ.

ސާނަވީއިން ދަސްވެނިވި ދަރިވަރުންނަށް ގުރެޖުއޭޝަން ރިބަން އަދި ސެޓްފިކެޓް ހަވާލުކޮށްދެއްވީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާރސިޓީގެ އެސޯސިއޭޓް ލެކްޗަރާއިންކަމުގައިވާ ފާތިމަތު މުހައްމަދު އަދި ރަޝީދާ އަލީ އެވެ.

މި ޖަލްސާ ޝަރަފުވެރި ކޮށްދެއްވާ ވާހަކަ ދައްކަވަމުން ނަސިހާ ވިދާޅުވީ ދަރިން ހަަމައެކަނި ސެޓްފިކެޓް އޮތުމަކުން ވަޒީފާއެއް ނުލިބޭނެ ކަމަށާއި ތައުލީމާ އެއްވަރަށް ރަގަނޅު އަހުލާގެއްވެސް ބޭނުންވާ ކަމަށެވެ. މިހާރު މަދުވެެގެން މިއުޅެނީ ރަގަނޅު އަހުލާގުގެ ދަރިވަރުން ކަމަށެވެ.

އެގޮތުން އެހެން މީހުންނާއި ގުޅިގެން އުޅުމަށް ހުރިހާ ދަރިވަރުންގެ ރަނގަޅު އެޓިޓިއުޑެއްގެ ހުރުން މުހިއްމު ކަމަށާއި ވަޒީފާގެ މައިދާނަށް ނުކުންނަ އިރު ގުޅިގެން މަސައްކަތްކުރުމަށް އެގެން ޖެހޭ ކަމަށް ނާސިހާ ވިދާޅުވި އެވެ.

މީގެ އިތުރުން 2017 ވަނަ އަހަރުގެ ޑިސިޕްލިން އެވޯޑް ހާސިލް ކުރި ދަރިވަރުންނަށް ޑިސިޕްލިން އެވޯޑް ހަވާލުކޮށްދެއްވީ ހދ އަތޮޅި ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް ޝަހީދާ އަލީ އެވެ.

ސާނަވީއިން ގްރެޖުއޭޓްވި ބައެއް ދަރިވަރުން–

ޖަލާލުއްދީން ސްކޫލުން މި އަަހަރު ސާނަވީން ޖުމަލް 71 ދަރިވަރުން ދަސްވެނިވެނިވެފައިވާއިރު މަތީ ސާވަނީން 21 ދަރިވަރުން ވަނީ ދަސްވެނިވެފައެވެ.

މި ޖަލްސާގައި ކުޅުދުއްފުށީ ކައުންސިލްގެ މެންބަރުންގެ އިތުރުން އަތޮޅު ކައުންސިލްގެ މެންބަރުންވެސް ވަނީ ބައިވެރިވެފައެވެ. އަދި ބެލެނިވެރިންނާއި ދަރިވަރުންވެސް ވަނީ ބައިވެރިވެފައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355