twitterviber whatsapp telegramfacebookyoutube instagram
25th April 2024

އަންނަ އަހަރުގެ ބަޖެޓްގައި ކުޅުދުއްފުށީގައި އަލަށް ފަށަން އެންމެ މަޝްރޫއުއެއް !

Nov 17, 2017

އަންނަ އަހަރު ބަޖެޓްގައި ކުޅުދުއްފުށީގައި އަލަށް ފަށަން ހަމަޖެހިފައިވަނީ އެންމެ މަޝްރޫއު އެކެވެ. އެއީ ސްމޯލް ސްކޭލް ވޭސްޓް ޓު އެނާޖީ ޕްރޮޖެކްޓެކެވެ.

އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށައެޅި ބަޖެޓްގައި ހިމަނާފައިވާ މަޝްރޫއުތަކަށް ބަލާ އިރު ކުޅުދުއްފުއްޓަށް ޖުމުލަ 14 މަޝްރުއޫއެއް ކަނޑައަޅާފައިވާއިރު އަލަށް ފަށަން ނިމަނާފައިވަނީ އެންމެ މަޝްރޫއު އެކެވެ. ދެން ހުރި 13 މަޝްރޫއުއަކީ ހިނގަމުންދާތާ ގިނަ އަހަރުތަކެއްވެފައިވާ މަޝްރޫއުތަކެވެ. އޭގެ ތެރެއިން ބައެއް މަޝްރޫއު ބަޖެޓްގައި ހިމަނާތާ މިހާރު 4 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ކަން ފާހަގަކުރެވެ އެވެ.

މިހާރުވެސް ހިނގަމުންދާ ބައު މަޝްރޫއުތަށް މިއަހަރުވެސް ބަޖެޓްގައި ހިމަނާފައިވޭ:

• ކަސްޓަމްސް ނޯތު ރީޖަން ހެޑް އޮފީހާއި ޢިމާރާތް

• ލޯކަލް މާރުކޭޓް އެޅުން

• ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީ ކުޅުދުއްފުށި ކެމްޕަސް 3 ބުރީގެ ކުލާސްރޫމް ބްލޮކް އިމާރާތްކުރުން

• ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީ ކުޅުދުއްފުށި ކެމްޕަސްގައި އޮޑިޓޯރިއަމްއެއް ހެދުން

• ސްޕޯޓްސް އެރީނާ ޤާއިމްކުރުން

• ކުޅުދުއްފުށި ޒުވާނުންގެ މަރުކަޒު ޢިމާރާތްކުރުން

• މަގުހެދުން

• ކުޅުދުއްފުށީ ހާބާ އެކްސްޕެންޝަން ޕްރޮޖެކްޓް

• ކުޅުދުއްފުށީ ހާބާ އެކްސްޕެންޝަން ޕްރޮޖެކްޓް (ލޯކަލް ކޮމްޕޮނަންޓް)

• އެއަރޕޯޓް ގާއިމްކުރުން (ބިން ހިއްކުމާ އެކު)

• މަގުބައްތި ޖެހުން

• 6 ހައުސިންގް ޔުނިޓް

• 180 ހައުސިންގް ޔުނިޓްއާއި ނަރުދަމާގެ މަސައްކަތް

މިއަހަރުވެސް އެއާޕޯޓް ބިން ހިއްކުމަށް ބަޖެޓްގައި 157 މިލިއަނަށްވުރެ ގިނަ ފައިސާ ބަޖެޓްގައި ހިމަނާފައިވާއިރު އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހެޅި ބަޖެޓްގައިވެސް ކުޅުދުއްފުށީ އެއާޕޯޓް ހަދަން ބޭނުންވާ ސަރަހައްދުގެ ބިން ހިއްކުމަށް 92 މިލިއަނަށްވުރެ ގިނަ ރުފިޔާ ހިމަނާފައިވެ އެވެ.

އަންނަ އަހަރު ވެގެންދާނީ ކުޅުދުއްފުށީގައި އެންމެ މަދުން އަލަށް ތަރައްގީގެ މަޝްރޫއު ހިންގާ އަހަރެއްގެ ގޮތުގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355