twitterviber whatsapp telegramfacebookyoutube instagram
20th April 2024

ކުޅުދުއްފުއްޓާއި އުތުރުގެ ބައެއް ރަށްތަކުގައި އެމްއެންޑީއެފްގެ ޑްރިލް ދައްކާލަނީ

Nov 18, 2017

ނަސްރުގެ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފްގެ ސައިލެންޓް ޑްރިލެއް މިއަދު ކުޅުދުއްފުށީގައި ބާއްވާނެކަމަށް އެމްއެންޑީއެފްއިން ބުނެފި އެވެ.

ކުޅުދުއްފުށީގައި މި ޑްރިލް އޮންނާނީ މިއަދު ހަވީރު 5:00 އުތުރު ބަނދަރު ސަރަހައްދުގަ އެވެ.

ކުޅުދުއްފުށީގެ އިތުރުން އުތުރުގެ ބައެއް އެހެން ރަށްތަކުގައިވެސް މި ޑްރިލްތަށް ކުރިއަށްގެންދާގޮތަށް ވަނީ ހަމަޖެހިފައި އެވެ. އެއީ ހދ ހަނިމާދޫ، ހއ އުތީމް، ބާރަށް، އަދި ދިއްދޫގަ އެވެ.

އެރަށްތަކުގައި ޑްރިލް ބާއްވަނީ ގައުމީ ދުވަހުގެ މުނާސަބަތުގަ އެވެ.

ކުޅުދުއްފުއްޓަށް ފަހު ޑްރިލް ޓީމް ދެން ދަތުރުކުރާނީ ހއ އުތީމަށެވެ. މާދަމާ ހަވީރު އުތީމް ބަނދަރު ސަރަހައްދުގައި ޑްރިލްގެ ހަރަކާތްތަށް ދައްކާލާނެ އެވެ. ހއ ބާރަށުގެ ބަނދަރު ސަރަހައްދުގައި ޑްރިލްގެ ހަރަކާތް ދައްކާލުން އޮންނާނީ މިމަހު 20 ވަނަ ދުވަހު ހަވީރު އެވެ.

މިމަހު 21 ވަނަ ދުވަހު ޑްރިލް ޓީމު ދިއްދޫއަށް ދަތުރުކުރާނެ އެވެ. އެގޮތުން އެދުވަހުގެ ހަވީރު ދިއްދޫ ބަނދަރު ސަރަހައްދުގައި ޑްރިލްގެ ހަރަކާތް ކުރިއަށްދާނެ އެވެ. ހދ ހަނިމާދޫ ބަނދަރު ސަރަހައްދުގައި ޑްރިލް ދައްކާލުން އޮންނާނީ 22 ވަނަ ދުވަހު ހަވީރު އެވެ. މިހުރިހާ ރަށެއްގައި ޑްރިލްތަށް އޮންނާނީ ހަވީރު 5:00 އެވެ.

ކުޅުދުއްފުށީގައި ކުރިއަށްގެންދިޔަ ޑްރިލެއްގެ ތެރެއިން–

އާންމުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ސައިލެންޓް ޑްރިލްގެ ހަރަކާތްތަކަކީ އަސްކަރީ ސިފަވަންތަކަމާއި، ސަފުތަކުގެ ބަދަހިކަމާއި އެކުގައި މަސައްކަތްކުރުމުގެ ރޫހު ދައްކުވައިދޭ ހެވިކަމެކެވެ. މިހެވިކަމުގައި ކޮމާންޑު ދިނުން ނުހިމެނޭ އިރު، ގެމައިގެ ހުރިހާ ހަރަކާތެއްވެސް ވަކި ސީކުއެންސަކަށް ކުރިއަށްދާއިރު ޝަހީދުންގެ ޒިކުރާ އާކުރުމުގެ ގޮތުން ސުކޫތެއް ގެނައުން ހިމެނިފައިވާކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެ އެވެ.

އެމްއެންޑީއެފްގެ ޑްރިލްގެ ހަރަކާތްތަށް މީގެ ކުރިންވެސް ތިލަދުންމަތީގެ ރަށްތަކުގައި ދައްކާލާފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355