twitterviber whatsapp telegramfacebookyoutube instagram
15th August 2026

ފިނޭ ވީއެސްއާރުސީގެ ވޮލީ މުބާރާތް ފަަށައިފި

Nov 18, 2017

ހދ ފިނޭގެ ވައި ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން އިންތިޒާމްކޮށްގެން އެރަށުގައި ބޭއްވުމަށް ހަމަޖެހިފައިވާ ފިރިހެނުންގެ ވޮލީ މުބާރާތް ފަށައިފި އެވެ.

މި މަހު 15 ން 21 އަށް ކުރިއަށް ގެންދިރުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި 5 ޓީމަކުން ބައިވެރިވެފައިވާއިރު މުބާރާތުގެ މެޗުތައް ކުރިއަށްދަނީ ފިނޭ ޒުވާނުންގެ ވޮލީ ކޯޓުގައެވެ.

މިހާތަނަށް ޖުމްލަ 6 މެޗު ކުޅިފައިވާއިރު މެޗުތައް ކުރިއަށް ގެންދަނީ ހަވީރު އަދި ރޭގަނޑުއެވެ. މުބާރާތުގެ ފައިނަލް މެޗު ބޭއްވުމަށް ހަމަޖެހިފައިވަނީ 21 ނޮވެމްބަރ ވާ އަންގާރ ދުވަހުގެ ރޭ 20:00 ގަ އެވެ.

މިދިޔަ އަހަރުވެސް ވީއެސްއަރުސީ އިންތިޒާމްކޮށްގެން ވަނީ ފިރިހެނުންގެ ވޮލީ މުބާރާތެއް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން މިދިޔަ އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯފާފައިވަނީ ޑީސީ ސްޕޯޓް ކްލަބެވެ.

މިއަހަރުގެ ޗެމްޕިއަން ޓީމަކަށް 5000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށައަޅާފައިވާއިރު މި މުބާރާތަކީ އަތޮޅު ފެންވަރުގައި ކުރިއަށް ގެންދެވޭ މުބާރާތެެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355