ހަކުރު ބަލީގެ ދުވަހާއި ގުޅުވައިގެން ހަކުރު ބައްޔަށް ސްކްރީން ކުރުމުގް ޕްރޮގްރާމެއް މާދަމާ ކުޅުދުއްފުށީގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
ހދ އެޓޯލް ހެލްތް ސާރވިސް އިންތިޒާމްކޮށްގެން ކުޅުދުއްފުށީ އުފަން ހިޔަލުގައި މާދަމާ ހަވީރު 4 ން 6 އަށް ކުރިއަށް ގެންދާ މި ސްކްރީނިން އޮންނަ ވަގުތުގައި އައިޑީ ކާޑު ހިފައިގެން އުފަން ހިޔާއަށް ދުުރުވެ ބައިވެރިވެވޭނެއެވެ.
މި ސްކްރީނިންގައި ލޭގައި ހަކުރު ހުރި މިންވަރު ބެލުން، މަސްގަނޑުތެރޭގައި ސަރުބީ ހުރިވަރު ބެލުން، ހަކުރު ބަލި އަދި ހިތުގެ ބައްޔަށް މަގުފައިވާ ކަންކަން ކިޔައިދީ، ލޭގެ ޕްރެޝަރ ބަލައިދީ އަދި އިސްކޮޅާ އެއްވަރުގެ ބަރުމިން ހުންނަން ޖެހޭ ވަރުގެ މައުލޫމާތު ދެވިގެންދާނެ އެވެ.
މި ސްކްރީނިންގައި ބައިވެރިވެވޭނީ 18 އަަހަރުން މަތީގެ މީހުންނަށެވެ. އަދި ޓެސްޓު ހެދުމަށްފަހު ނަތީޖާ ވަގުތުން ދޫކުރާނެ ކަަމަށް ހެލްތް ސާރވިސް އިން މައުލޫމާތު ދެއެވެ.