twitterviber whatsapp telegramfacebookyoutube instagram
25th April 2024

ހއ އަތޮޅުގެ އެއާޕޯޓް ބަޖެޓްގައި ނެތުމުން މުހައްމަދު އިސްމާއިލް ކަންބޮޑުވުންފާޅުކުރައްވައިފި

Nov 18, 2017

ހއ އަތޮޅުގައި އަޅާދޭނެކަމަށް ރައީސް އަބުދުﷲ ޔާމީން ވިދާޅުވި އެއާޕޯޓް ހަދަން ބަޖެޓްގައި ހިމެނިފައިވާ ނެތުމުން ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލު ކަންބޮޑުވުންފާޅުކުރައްވައިފި އެވެ.

ހއ ހޯރަފުށީގައި އެއާޕޯޓެއް އަޅާދޭނެކަމަށް ރައީސް ޔާމިން ވަނީ ވިދާޅުވެފައިވެ އެވެ. އަދި އެމަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށް 2014 ވަނައަހަރު ހޯރަފުށީގައި ބޭއްވި މަޖިލިސް ކެމްޕެއިން ޖަލްސާއެއްގައި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދުވެސް ވަނީ ވިދާޅުވެފައި އެވެ.

ބަޖެޓް ދިރާސާކުރާ ކޮމެޓީގައި ފިނޭންސް މިނިސްޓަރު މުހައްމަދު މުންނަވަރާ ސުވާލުކުރައްވަމުން، ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލު ވިދާޅުވީ ހއ އަތޮޅުގައިވެސް އެއާޕޯޓެއް އަޅާދޭނެކަމަށް ރައީސް ވިދާޅުވެފައިވީއިރު އެ އެއާޕޯޓްގެ މަސައްކަތަށް ބަޖެޓްގައި ފައިސާ ހިމަނާފައިވާ ނެތުމުން ހިތާމަކުރައްވާ ކަމަށެވެ.

ވެރިކަންކުރާ ޕީޕީއެމްގެ ނުފޫޒުގަދަ މެމްބަރެއްކަމަށް ބެލެވޭ މުހައްމަދު އިސްމާއިލް ވިދާޅުވީ ބަޖެޓްގައި މިހާރު ހިމަނާފައިވާ 4 އެއާޕޯޓް އަޅަން ނިންމާ، ބަޖެޓް ޖަހާފައިވަނީ ކިހާވަރަކަށް ދިރާސާކުރައްވާފައި ތޯ މިނިސްޓަރ މުނަންވަރު އަރިހުން އޭނާ ވަނީ ސުވާލުކުރައްވާފަ އެވެ.

“ތިޔަ ބޭޅުފުޅުން ކިހާ ވަރެއްގެ ދިރާސާއެއް ހައްދަވާފައި ތޯ އެކި ހިސާބުތަކުގައި ކުޅުދުއްފުށީގައި އާއި ށ އަތޮޅުގައި ފ އަތޮޅުގައި ގދ އަތޮޅުގައި އެއާޕޯޓް އަޅަން ނިންމަވާފައި ބަޖެޓްގައި ޖެއްސެވީ.”

ހއ އަތޮޅުގެ ވަކި ރަށެއް ވިދާޅުނުވެ މުހައްމަދު އިސްމާއިލް ވިދާޅުވީ އެއަތޮޅުގެ ރައްޔިތުން ދަތުރުކުރުމަށް ބޮޑު ކަނޑު ހުރަސްކޮށް ދަތުރުކުރަންޖެހޭ ކަމަށެވެ. އަދި ކަނޑު ގަދަވެއްޖެނަމަ ހަނިމާދޫއަށް ދެވޭނެ ގޮތެއް ނޯނަކަމަށް އޭނާ ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355